ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް ރައީސާއި އުއްތަމަފަނޑިޔާރު ދެން ތިއްބަވަންޖެހޭނީ ރައީސްގެ މުށުތެރޭގައި: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ޤާނޫނުއަސާސީއަށް ގެނެވިފައިވާ އިސްލާޙުތަކާއެކު، ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާއިރަށް މަޖިލިސް ރައީސާއި އުއްތަމަފަނޑިޔާރު ވަކި ކުރެވޭނެކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، މަޖިލީހުން ފާސްކުރި އިސްލާޙުތަކަކީ އެއްވެސް ޑިމޮކްރަޓިކް ހަމަތަކަކުން ދިޔަ ކަންކަމެއް ނޫން ކަމަށެވެ.

ރާއްޖޭގެ ޑިމޮކްްރަސީގެ އިރު އިއްޔެ އޮއްސިގެން އެ ދިޔައީ

ޝާހިދު ވިދާޅުވީ، މަޝްވަރާގެ އުސޫލުން ކަންކަން ކުރުމުގެ ވައްޓަފާޅިިއެއް ހިންގަން ފެށީ 2009 ވަނަ އަހަރުން ކަމަށާއި، ނަމަވެސް މިހާރު ޤާނޫނުއަސާސީއަށް ގެނަައި ބަދަލުތަކަކީ އެ މަގުން ދިޔަ ކަންކަމެއް ނޫން ކަމަށެވެ. އަދި ބޭނުންވާ ހުރިހާ ގޮތަކަށް ކަންކަން ކުުރުމަކީ ޑިމޮކްރަސީއެއް ނޫންކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، މިހާރު ގެނެވިފައިވާ ބަދަލާއެކު މަޖިލިސް މެދުވެރިކޮށް ރައީސް ބޭނުންފުޅުވާނަމަ ވެރިކަމުގެ ދެން ތިބި ދެ ބާރުގެ ވެރިން މަޤާމުން ދުރުކުރުވޭނެ ކަމަށެވެ. އެގޮތުން މަޖިލީހުގެ ރައީސްކަމުން އަބްދުއްރަޙީމް އަބްދުﷲ ވަކި ކުރެއްވުމާއި، އުއްތަމަ ފަނޑިޔާރު ވަކި ކުރެއްވުމަކީވެސް ކުރެވިދާނެ ކަމެއްކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ސިފަކުރައްވާ ގޮޮތުގައި މިހާރު އެ ދެ ބާރުގެ ވެރިން ތިއްބަވަން ޖެހޭނީ ރައީސްގެ މުށުތެރޭގައެވެ.

މިހާރު މި ގެނެވުނު ބަދަލާއެކު ރައްޔިތުންގެ މަޖިލީހުން، ރައްޔިިތުންގެ މަޖިލިސް މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވެއްޖެނަމަ ރާއްޖޭގެ އަނެއް ދެ ބާރުގެ ވެރިން ބަދަލުކުރުމުގެ ފުރިހަމަ ޔަޤީންކަން އެ ނެންގެވީ، މިއަދު މަޖިލީހުގެ ރައީސް ކަންކުރައްވަމުން ގެންދަވަނީ ޕާޓީއަށް ޤަބޫލު ކުރެވޭގޮތަކަށް ނޫނޭ ވިދާޅުވެ ޕާޓީގެ ރައީސް ވަކިކުރައްވައިފި ޙާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން އަދި މެމްބަރުކަމުން މަޖިލީހުގެ ރައީސް އޮނަރަބަލް އަބްދުއްރަޙީމް ވަކިވެގެންދާނެ، އިތުރަށް އެއްވެސް ސުވާލެއް މަސައްކަތެއް ކުރުމުގެ ފުރުސަތެއް ޖާގައެއް ނޯންނާނެ، ފެނިގެން އެ ދަނީ މަޖިލީހުގެ ރައީސް ރައީސްގެ މުށުތެރެއަށްލައްވާ ފުުރިހަމައަށް ކޮންޓްރޯލް ކުރެވޭތަން، ހަމަ އެގޮތަށް އުއްތަމަފަނޑިޔާރުވެސް

ކަން އެހެން އޮތުމާއެކު، މިހާރު މި ހިނގަމުންދަނީ ޑިމޮކްރަސީީއެއް ނޫންކަމަށް ޝާހިދު ވިދާޅުވިއެވެ. އެކަންކަން ދިވެހި ރައްޔިތުން ބަލައި ނުގަންނާނެކަން ފާހަގަ ކުރައްވައި ޝާހިދު ވިދާޅުވީ، ރައްޔިތުން މަޑުން ނުތިބޭނެ ކަމަށެވެ.

ރައްޔިތުން މަޖިލީހުން ފާސްކޮށް ޤާނޫނު އަސާސީއަށް ގެނައި އިޞްލާޙުތަކަކީ، ރައްޔިތުންނަށާއި، ޤައުމަށް ވަރަށް މުހިންމު އިޞްލާޙުތަކެއްކަމަށާއި، މި އިޞްލާޙުތަކުގެ ސަބަބުން ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަށް ބާރުއަޅައި، ޤައުމުގައި ހަމަޖެހުން ޤާއިމުކުރުމަށް މަގުފަހިވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: