ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރުޅި އައިސްގެން މީހެއްގެ މޫނަށް ވެލި ޖެހި މީހަކު 8000 ރުފިޔާއިން ޖޫރިމަނާކޮށްފި

ކްރިމިނަލް ކޯޓު އިމާރާތް
ޝެއާރކޮށްލާ ކަހަލަދޯ؟

ރުޅި އައިސްގެން މީހެއްގެ މޫނަށް ވެލި ޖެހި މީހަކު 8000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

މި މައްސަލައިގައި ތުުހުމަތުވާ މީހާގެ މައްޗަށް އުފުލާފައިވަނީ ގައިގާ އަތްލުމުގެ ކުށުގެ ދައުވާއެވެ.

އޭނާގެ މައްޗަށް އެ ދައުވާ އުފުލާފައިވަނީ އޭނާއާ އެހެން މީހަކާމެދު ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ބިންމަތިން ވެލި ނެގުމަށްފަހު އެމީހާގެ މޫނަށް ވެލި ޖަހާފައިވާތީއެވެ. މި ދައުވާ އުފުލާފައިވަނީ ޤާނުނުލްއުޤޫބާތުގެ 120 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ ޙަވާލާދީ އެ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރުގެ ދަށުންނެވެ. އެގޮތުން 120 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބުނެފައިވަނީ މީހެއްގެ ރުހުމަކާ ނުލައި އޭނާގެ ގައިގައި އަތްލުން ނުވަތަ އަނިޔާއެއް ކުރުމަކީ ކުށެއް ކަމަށެވެ.

މި މައްސަލައިގައި ތުހުމަތުވާ މީހާ ވަނީ ދައުވާއަށް އިއުތިރާފުވެސް ވެފައެވެ. އޭނާ ބުނާ ގޮތުގައިި އިއުތިރާފު ވަނީ އެއްވެސް މަޖުބޫރުކަމެއް ނެތި، އަމިއްލަ އިހުތިޔާރުގައެވެ.

އޭނާ އިއުތިރާފުވެފައިވާތީ މި މައްސަލައިގައި ކުރިއަށް ގެންގޮސްފައިވަނީ އަވަސްނިޔާގެ އަޑުއެހުމެކެވެ. މި ކުށުގެ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަހުގެ މުއްދަތަށް ޖަލަށް ލުން ކަމުގައިވީނަމަވެސް، އޭނާ އިއުތިރާފުވެފައިވާތީ އަދަބު ލުއިކޮށް، ޖޫރިމަނާގެ އަދަބެއް ވަނީ ދީފައެވެ. އެހެންކަމުން އޭނާ 8000 ރުފިޔާއިން ޖޫރިމަނާކުރުމަށް ވަނީ ޙުކުމްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 75%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: