ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމައެކަނި އިސްރާއީލްގެ ވެރިންނާއި ސިފައިން ރާއްޖެއަށް އެތެރެ ނުވެވޭ ގޮތް ހެދިދާނެ: ނާޡިމް

ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން އިމިގްރޭޝަން ގާނޫނަށް ހުށަހެޅި އިސްލާހުގައި ހަމައެކަނި އިސްރާއީލްގެ ވެރިންނާއި ސިފައިން ރާއްޖެއަށް އެތެރެ ނުވެވޭ ގޮތް ހެދިދާނެ ކަމަށް މަޖިލިހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

އިޒްރޭލްގެ ޕާސްޕޯޓު މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް ހުށަހެޅި އިސްލާހާ ގުޅޭ ގޮތުން ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އިޒްރޭލްގެ ޕާސްޕޯޓު އޮންނަ އެންމެން ރާއްޖެ އެތެރެވާން މަނާކުރަން ކެބިނެޓުން ނިންމާފައިވީ ނަމަވެސް ސައުތު އެމެރިކާ އާއި އެމެރިކާ އާއި އާޖެންޓީނާ ފަދަ ގައުމުތަކުގައި އެ ޕާސްޕޯޓުގައި އުޅޭ ރައްޔިތުން ވަރަށް ގިނަ ވާނެ ކަމަށެވެ.

ނާޒިމް ވިދާޅުވީ ވަކި އިޒްރޭލްގެ ޕާސްޕޯޓަކަށްވީތީ ބޭން ކުރަން ބުރައަކަށް ނުވާނެ ކަމަށާއި އދ. އިން ވެސް އެފަދަ މައްސަލަތަކުގައި ފިޔަވަޅު އަޅަނީ އަސްކަރީ ހަރަކާތްތަކުގައި ބައިވެރިވާ ނުވަތަ އިންސާނީ ހައްގުތައް ހިފެހެއްޓުމުގައި އުޅޭ މީހުންނަށް ކަމަށެވެ.

އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން މަޖިލިހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު ހުށަހެޅި ބިލު ބަލައިގަނެ މަޖިލިހުގެ 241 ކޮމިޓީއަށް ވަނީ ފޮނުވި ނަމަވެސް އެ ބިލް ދިރާސާ ކުރުމުގެ މަސައްކަތް ފެށީ މީގެ ދުވަސްތަކެއް ކުރިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: