ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ އާއި ވިލިމާލެ މަގު ތަރައްޤީ ކުރުމަށް ފެށި ސާވޭ ނިންމާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ އާއި ވިލިމާލެ މަގު އަލުން ހެދުމުގެ ސައިޓް އިންސްޕެކްޝަން އެންޑް ފީސިބިލިޓީ ސްޓަޑީ ހެދުމުގެ މަސައްކަތް ނިންމާލައިފިއެވެ.

މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމަށް ސާވޭ ކުރުމަށް ޗައިނާގެ ޓީމް ރާއްޖެ އައިސްފައިވަނީ މި މަހުގެ ތިން ވަނަ ދުވަހުގައެވެ. އަދި މައުލޫމާތުތައް އެއްކުރުމުގެ މަސައްކަތް ފެށީ މި މަހުގެ ފަސް ވަނަ ދުވަހެވެ.

އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނީ، މާލެ އާއި ވިލިމާލޭގެ މަގުތައް އަލުން ހެދުމުގެ ގެ އަމަލީ މަސައްކަތް މިހާރު ފެށިފައިވާއިރު، މުހިންމު ފަރާތްތަކާއެކު ސިލްސިލާކޮށް ބޭއްވި ބައްދަލުވުންތަކަށްފަހު، ޗައިނާ ސަރުކާރުން އެކުލަވާލި ތަޖުރިބާކާރުން މަގުމަތީގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ނިންމާލާފައިވާ ކަަމަށެވެ.

މާލޭގެ ހުރިހާ މަގުތަކެއް އަލުން ހެދުމުގެ މަސައްކަތް ކުރިއަށްދަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ އެ ގައުމާ އެކު ސޮއިކުރެއްވި އެއްބަސްވުންތަކުގެ ދަށުން ފޯރުކޮށްދޭން ނިންމި 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުންނެވެ.

މި މަސައްކަތުގެ އެ ޓީމާއެކު އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ޓެކްނިކަން ޓީމް ވަނީ މާލެ އާއި ވިލިމާލެ މަގުގެ ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް ކޮށްފައެވެ.

މާލެ ސަރަހައްދުގެ މަގުތައް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އަނޑި ކުނޑަން ގިނަވުމާއި ވިއްސާރަ މޫސުމާއި ދިމާކޮށް މަގުތަކުގައި ފެން ބޮޑުވުން ފަދަ މައްސަލަތައް ދިމާވއެވެ. އެހެން ކަމުން މާލެ މަގު ތަކަކީ އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: