ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ސަރަޙައްދަށް ރަޖިސްޓްރީ ކުރި އުޅަނދުގެ ނިސްބަތް ދަށަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

މިވޭތުވެދިޔަ 1 އަހަރު މާލެ ސަރަޙައްދަށް ރަޖިސްޓްރީކުރި އުޅަނދުތަކުގެ އަދަދު ދަށަށް ގޮސްފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

އެ ވުޒާރާއިން އެކްސްގައި ހިއްސާކުރެއްވި މައުލޫމާތުގައި ބުނެފައި ވަނީ، ޤާނޫނާއި ޤަވާއިދުގެތެރެއިން ނޫން ގޮތަކަށް އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުން ނިމުމަކަށް ގެނެސް، ގަރާޖުގެ ސައްހަކަން ކަށަވަރުކުރުމުގެ މުހިންމު މަސައްކަތްތަކެއް ފަށްޓަވާފައިވާކަމަށެވެ. އެގޮތުން 4 ފުރޮޅުލީ އުޅަނދުތައް ރެޖިސްޓްރޭސަން 74.1 އިންސައްތަ އަދި 2 ފުރޮޅުލީ އުޅަނދުތައް 8.1 އިންސައްތަ ދަށްވެފައިވާ ކަމަށެވެ.

އެއްގަމު އުޅަނދު ދުއްވުމަށް ދޫކުރާ ލައިސަންސްގެ ފީ ރަށު ކައުންސިލަށް ލިބޭނެ އިންތިޒާމުވެސް މިހާރު ހަމަޖައްސައިފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެެވެ. ލައިސަންސް ދޫކުރުމާއި ޢަމަލީ އިމްތިޙާނުތަކުގެ ފީތައް ޖަމާ ކުރެވޭނީ “ސަވާރީ ޕޭ“ ޕޯޓަލް މެދުވެރިކޮށް ކައުންސިލްތަކުގެ އެކައުންޓަށެވެ.

މީގެ އިތުރުން، ޕާކިން ބިލްޑިންގްތަކުގެ މިންގަނޑުތައް ކަނޑައަޅައި، ޕާކިންގ ބިލްޑިންގ އެޅުމަށް އެޗްޑީސީ އާއެކު އެއްބަސް ވުމެއްގައި ސޮއިކޮށްފައިވާނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. ގްރޭޓާރ މާލެ ސަރަހައްދުގައި 16 ޕާކިންގ ސްޓްރަކްޗަރ އެޅުމަށް ނިންމާފައިވާއިރު، އެ ޕާކިންގ ސްލޮޓްތައް އެއްގަމު އުޅަނދުފަހަރަށް ރަޖިސްޓްރީ ކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.

ހުޅުމާލޭގައި އަޅާ ޕާކިން ބިލްޑިންތަކުގައި ޖުމްލަ 3،900 ޕާކިން ޔުނިޓް ހުންނައިރު މީގެތެރެއިން 10 އިންސައްތަ ޔުނިޓްތަކަކީ ވަގުތީ ގޮތުން ޕާކް ކުރަން ދޫކުރާ ޔުނިޓްތަކެކެވެ. ބާކީ ހުރި ޔުނިޓްތައް ވިއްކުމަށްފަހު ގަންނަ ފަރާތްތަކަށް އެ ޔުނިޓްތައް ރަޖިސްޓަރީ ކޮށްދިނުމަށް ވަނީ ނިންމާފަ އެވެ. މިއިމާރާތްތަކުގެ މަސައްކަތް މިއަހަރު ފެށުމަށްފަހު ގިނަ ވެގެން އެއް އަހަރުގެ ތެރޭގައި ނިންމުމަކީ އަމާޒެއް ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. މި އިމާރާތްތައް ހެދުމަށް ނިންމާފައިވަނީ އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެންނެވެ.

މާލެ ސަރަހައްދުން ބޭރުގައި ރަޖިސްޓްރީ ކުރެވިފައިވާ އުޅަނދުފަހަރާއި ރަޖިސްޓްރީ ނުކުރެވި ހުރި އުޅަނދު ފަހަރު، އެ އުޅަނދުތައް ރަނގަޅަށް ރަޖިސްޓްރީ ކުރެވެންދެން ނުވަތަ އެ އުޅަނދުތަކަށް ކަނޑައެޅިފައިވާ ސަރަހައްދުތަކަށް ގެންދެވެންދެން ވަގުތީ ގޮތުން ޕާކުކުރެވޭނެ ސަރަހައްދެއް ހުޅުމާލެއިން ވަނީ ހަމަޖައްސައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: