ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިކަމުގައި ހަރަކާތްތެރިވާ ދޯނިތަކުގެ 80 އިންސައްތަ ދަފްތަރުކުރެވިއްޖެ: މިނިސްޓްރީ

މަސްވެރިކަން (ފޮޓޯ/ތ. ގުރައިދޫ މަސްވެރިން ފޭސްބުކް)
ޝެއާރކޮށްލާ ކަހަލަދޯ؟

ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ދޯނިތަކުގެ 80 އިންސައްތަ ވަނީ ދަފުތަރު ކުރެވިފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ވެހޭ ވުޒާރައިން ބުނެފިއެވެ.

މަސްވެރިންނަށް މާލީ ވަސީލަތްތަކުގެ ފައިދާ ލިބިގަތުމަށް ހުރި ހުރަސްތައް ނައްތާލައި، މަސްވެރިކަމަކީވެސް ރާއްޖޭގައި ރަސްމީކޮށް ބަލައިގަންނަ ވަޒީފާއެއްކަމުގައި ހެދުމަށްޓަކައި، މަސްވެރިންގެ ޤައުމީ ދަފްތަރު 16 ފެބްރުއަރީ 2024 ށ. ކޮމަންޑޫގައި ވަނީ އިފްތިތާހުކޮށްފައެވެ. މިގޮތުން މިކަމަށް ތައްޔާރުކޮށްފައިވާ އޮންލައިން ޕްލެޓްފޯމުގައި ރަޖިސްޓަރީވުމުގެ ފުރުސަތުވެސް ވަނީ ހުޅުވައިލައިފައެވެ. މިއީ ޤައުމީ ފެންވަރެއްގައި ރާއްޖޭގައި މަސްވެރިންގެ ރަސްމީ ދަފްތަރެއް އެކުލަވާލެވޭ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ

އެގޮތުން، މަސްވެރިންގެ ދަފުތަރު އެކުލަވާލުމަށް ވުޒާރާގެ ޓީމުތަކުން ވަނީ 14 އަތޮޅަކަށް ދަތުރުކޮށްފައެވެ. މި މަސައްކަތް ކުރިއަށް ގެންގޮސް ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ދޯނިތަކުގެ 80 އިންސައްތަ ވަނީ ދަފުތަރު ކުރެވިފައިވާއިރު 2260 އެއްހާ ފަޅުވެރިންވަނީ ދަފުތަރުކުރެވިފައެވެ.

މަސްވެރިންގެ ޤައުމީ ދަފްތަރު އެކުލަވާލުމުގެ ބޭނުމަކީ މަސްވެރިންނަކީ ދައުލަތް ބަލައިގަންނަ ބަޔަކަށް ހެދުމާއި މަސްވެރިންނަށް ޚާއްޞަކޮށްގެން ސަރުކާރުން ހިންގާ ޕްރޮގްރާމްތަކުގެ ނަފާ ސީދާ މަސްވެރިންނަށް ފޯރުކޮށްދޭނެ ވަސީލަތެއް ގާއިމު ކުރުމެވެ.

މަސްވެރިކަމުގެ ސިނާއަތު ސިންދަފާތު ކުރުމަށް ރައީސް ޑރ. މުޢިއްޒު އެކަށަ އަޅާފައިވާ ސިޔާސަތުގެ ތެރެއިން، އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސިންގ ކޯޕަރޭޝަން މެދުވެރިކޮށް ފަރުމަހުގެ މަސްވެރިކަން އިތުރަށް ތަރައްގީކޮށް ސްޕޯޓްސް ފިޝިންގް ފަދަ އާމްދަނީ ލިބޭ އިތުރު ދޮރުތައް އިންޑަސްޓްރީގެ ތެރެއިން ހުޅުވުމަށް ޓަކައި ލޯނު ދޫކުރުމަށްވެސް ވަނީ ނިންމައިފައެވެ.

މިލޯނަށް ކަނޑައަޅާފައިވާ އަދަދަކީ 20 މިލިއަން ރުފިޔާ ނަމަވެސް ލޯނަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ އަދަދު ގިނަވުނުގެ ސަބަބުން ގިނަ ފަރާތްތަކަކަށް ލޯނު ހަމަޖައްސައިދިނުމަށް އިތުރު 10 މިލިއަން މިލޯނަށް އިތުރުކޮށް 30 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ފަރުމަހުގެ ލޯނަށް އެދި ހުށަހެޅުމުގެ ސުންގަނޑި 30 އެޕްރީލް 2024 އަށް ހަމަވިއިރު 121 ފަރާތަކުންވަނީ ލޯނަށް ހުށަހަޅާފައެވެ. މިލޯނު ފުރުސަތުގެ ދަށުން 62 ފަރާތެއްގެ ލޯނު ދިނުމަށް ނިންމާ މިއަދާއަހަމަށް 37 ފަރާތެއްގެ ލޯނުވަނީ އެޕްރޫވްކޮށް ފައިސާ ދޫކުރަން ވަނީ ފަށާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: