ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންހެނުންނަށް ހާއްސަކޮށްގެން އެމްޕީއެލްގެ އެޕްރެންޓިސް ޕްރޮގްރާމެއް!

އަންހެނުންނަށް ހާއްސަކޮށްގެން މޯލްޑިވްސް ޕޯޓްސް ލިމިޓަޑް ކުރިއަށްގެންދާ އެޕްރެންޓިސް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން/ ފޮޓީޯ: އެމްޕީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންހެނުންނަށް ހާއްސަކޮށްގެން މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) ކުރިއަށްގެންދާ އެޕްރެންޓިސް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފި އެވެ.

ޔޫތް މިނިސްޓްރީއާއި ގުޅިގެން ކުރިޔަށް ގެންދާ މި ތަމްރީނުގެ މައުލޫމާތުތައް ހިއްސާކޮށް އެމްޕީއެލް ބުނީ އެޕްރެންޓިސް ޕްރޮގްރާމްގައި ޖުމްލަ ހަތް ދާއިރާ ހިމެނޭކަމަށެވެ. އަދި ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލާފައި ވަނީ 18 ޖާގައެކެވެ.

އެޕްރެންޓިސް ޕްރޮގްރާމްގެ ދާއިރާތަކާއި ޖާގަ ދީފައިވާ އަދަދު:

  • ވެލްޑިންގ – 4 ޖާގަ
  • ކާޕެންޓަރ – 2 ޖާގަ
  • މެޝިނިސްޓް – 2 ޖާގަ
  • މެރިން މެކޭނިކް (މެރިން އިންޖިނިއަރިންގ) – 2 ޖާގަ
  • އިލެކްޓްރިޝަން (އިލެކްޓްރިކަލް އިންޖިނިއަރިންގ) – 3 ޖާގަ
  • މެކޭނިކް (ވެހިކަލް ރިޕެއަރ) – 2 ޖާގަ
  • އެއަރ ކޮންޑިޝަނިންގ އެންޑް ރެފްރިޖަރޭޝަން – 3 ޖާގަ

އެމްޕީއެލް ބުނި ގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ބައިވެރިންނަށް ކޮންމެ މަހަކު 5000 ރުފިޔާގެ އެލަވަންސެއް ލިބޭނެއެވެ.

Image

ޕްރޮގްރާމްގެ މަގްސަދެއްކަމަށް ކުންފުނިން ބުނެފައި ވަނީ މަސައްކަތުގެ ދާއިރާތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، މީހުން ބިނާކުރުމެވެ.

މީގެ ކުރިންވެސް އެމްޕީއެލްއިން ވަނީ އެޕްރެންޓިސް ޕްރޮގްރާމްތައް ކުރިޔަށް ގެންގޮސްފަ އެވެ. އަދި ޕްރޮގްރާމްގެ ބައެއް ބައިވެރިންނަށް ކުންފުނިން ވަނީ ވަޒީފާ ވެސް ހަމަޖައްސަދީފަ އެވެ.

ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓު ލިންކު https://www.gazette.gov.mv/iulaan/316062 މެދުވެރިކޮށް ފޯމު ހުށަހެޅޭނެ އެވެ.

އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 24 ނޮވެންބަރު 2024 ވާ އާދީއްތަ ދުވަހުގެ 14:00 އެވެ. ޕްރޮގްރާމްގެ އިތުރު މައުލޫމާތުތައް https://www.port.mv މެދުވެރިކޮށް ލިބޭނެ އެވެ. މި ޕްރޮގްރާމުގައި ބައިވެރިވެނީ އުމުރުން 18 – 35 އަހަރުގެ ދެމެދުގެ އަންހެނުންނަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: