އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ދަށުން ހިންގަމުންދާ އަމާންވެށިތަކާއި އަމާންހިޔާތަކުގައި، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ނާޒުކު ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ދިރާގުން ފޯރުކޮށްދެމުން ގެންދާ ހައި ސްޕީޑް އިންޓަނެޓް 2025 ވަނަ އަހަރަށް ވެސް ދިރާގުގެ ސީއެސްއާރު ގެ ދަށުން ފޯރުކޮށްދޭން ނިންމައިފިއެވެ.
އެގޮތުން ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމްގެ ދަށުން، ބ. އޭދަފުށި، ށ. ފުނަދޫ، ހއ. ދިއްދޫ، ދ. ކުޑަހުވަދޫ، ލ.ފޮނަދޫ، ނ.މަނަދޫ، ޅ. ނައިފަރު، ފުވައްމުލަށް ސިޓީ، ކުޅުދުއްފުށީ ސިޓީ އަދި އައްޑޫ ސިޓީގެ އަމާންހިޔާތަކާއި އަމާންވެށިތަކަށް ހައި ސްޕީޑް އިންޓަރނެޓު ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.
މީގެ މަޤްސަދަކީ މުޅި ރާއްޖޭގެ ޑިޖިޓަލް ލިޓްރޭސީ ކުރިއަރުވާ، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންގެ ތަޢުލީމީ ބޭނުންތަކަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދިނުންކަމަށް ދިރާގުން ބުންޏެވެ.
މިކަމާއި ގުޅޭ މަޝްވަރާ ކުރުމާއެކު، ދިރާގާއި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ގުޅިގެން ހަރަކާތްތައް ހިންގުމަށް މަޝްވަރާކުރުމަށް ދިރާގުގެ އިސް ވެރިން ވަނީ މިއަދު ވަޒީރު ޑރ އައިޝަތު ޝިހާމް އާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވާފައެވެ.

