ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި ޞަދަޤާތްކުރުމަށްޓަކައި ޚާއްސަ ޕޭޖެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ޞަދަޤާތްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަަށާއި، އާންމުންނަށް ކޮންމެ ތަނެއްގައި ވެސް ހުރެގެން އޮންލައިންކޮށް ޞަދަޤާތްކުރެވޭނެ އިންތިޒާމް ފަހިކޮށްދިނުމަށް ޓަކައި ވުޒާރާގެ ވެބްސައިޓުގައި ޞަދަޤާތްކުރުމަށް ޚާއްސަ ސަފުޙާއެއް ޤާއިމްކޮށްފިއެވެ.

މިނިސްޓްރީއިން ފާހަގަކުރި ގޮތުގައި މިއީ އާންމު ގިނަ ބަޔަކަށް ލިބުނު ވަރަށް ބޮޑު ފަސޭހައެކެވެ.

ވުޒާރާ މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭ ކަންތައްތަކުގެ ތެރޭގައި ޤުރުއާން ޙިފްޡު ކުލާސްތަކަށް އެހީވުމަށާއި، ޢުމްރާއަށް ފޮނުވުމަށް އެހީވުމާއި، އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމަށް އެހީވުމަށާއި، އިސްލާމީ ލައިބްރަރީތައް ޤާއިމްކުރުމަށް އެހީވުމަށާއި، މިސްކިތް ބިނާކުރުމަށް އެހީވުމަށާއި، ޤުރުއާން ހިތުދަސްކޮށް ނިންމާ ފަރާތްތައް ޢުމްރާއަށް ފޮނުވުމަށާއި، ދީނީ ހަރަކާތްތަކަށް ސްޕޮންސަރ ދިނުމުގެ އިތުރަށް މިސްކިތްތަކަށް އެހީވުމަށެވެ. މި ހުރިހައި ކަމަކަށް ވެސް ވުޒާރާގެ ވެބްސައިޓު މެދުވެރިކޮށް އެހީތެރިކަމަށް އެދެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

މި ސަފުހާ އިފްތިތާޙްކޮށްދެއްްވީ އޮގަސްޓު މަހުގެ 28ވަނަ ދުވަހު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އިސްލާްމީ ކަންތައްތަްކާ ބެހޭ ވަޒީރު ޑރ. މުޙަންމަދު ޝަހީމް ޢަލީ ސަޢީދެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޞަދަޤާތްކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވައިލައްވައި ވަޒީރު ވަނީ ވާހަކަފުޅުދައްކަައިފައެވެ. މީގެ އިތުރަށް ވުޒާރާގެ ވެބްސައިޓު މެދުވެރިކޮށް ޞަދަޤާތްކުރެވޭނެ އިންތިޒާމް ހަމަޖެހުމަކީ ޞަދަޤާތްކުރާން ބޭނުންވާ މީހުންނަށް އިތުރު ފަސޭހަކަމެއް ލިބޭނެ ކަމެއްކަމަށާއި ދީނީ އެކި ކަންކަމަށް ވީހައި ވެސް ގިނަ ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދެއްވުން އެދިވަޑައިގަންނަވާކަމަށް ވެސް ވަޒިރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: