ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު ވިން އަ ސްޕިޑްބޯޓް ޕްރޮމޯޝަނާ އެކު ކޮންމެ މަހަކު ހާއްސަ އިނާމެއް ހޯދުމުގެ ފުރުސަތު!

ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގު ވިން އަ ސްޕިޑްބޯޓް ޕްރޮމޯޝަނާ އެކު ކޮންމެ މަހަކު ހާއްސަ އިނާމެއް ހޯދުމުގެ ފުރުސަތު ދިރާގުން ވަނީ ހުޅުވާލާފައެވެ.

ދިރާގުން ލޯންޗުކޮށްފައިވާ މި ހާއްސަ ޕްރޮމޯޝަންގައި ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މުޅިން އައު އަލް ޝާލީ މެރިން، މަޖެލަން 32 ބޯޓަކާއި ޔަމަހާ އައުޓްބޯޑް ދެ އިންޖީނު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަންގެ ހާއްސަ އިނާމުގެ އިތުރުން ޕްރޮމޯޝަންގެ އެންރޯލްމަންޓް މުއްދަތުގެ ތެރޭގައި ކޮންމެ މަހަކުވެސް އިނާމު ލިބޭ ހާއްސަ ބައެއް އެކުލެވިގެންވާނެއެވެ. މި އިނާމުތަކުގެ ތެރޭގައި ގޯ ޕްރޯ ހީރޯ 12، ސްޕޯޓްސް ފިޝިންގް ގިއަރ ސެޓް، ސުންޓޯ ޑީ5 ވޮޗް އަދި ޑީ.ޖީ.އައި މިނީ އެސްއީ ފްލައި މޯ ކޮމްބޯ ފަދަ ހިތްގައިމު އިނާމުތައް ހިމެނެއެވެ.

ދިރާގު ވިން އަ ސްޕީޑްބޯޓް ޕްރޮމޯޝަންގެ ބޮޑު އިނާމު ހޯދުމަށް އެންރޯލްވާ ހުރިހާ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންވެސް ކޮންމެ މަހަކު ކުރިއަށްދާ މި އިނާމު ލިބޭ ގުރުވަތުގައި އޮޓޮމެޓިކްކޮށް ބައިވެރިކުރެވޭނެއެވެ. އެގޮތުން ދިރާގުން ވަނީ މިހާރު އެންރޯލްވި ކަސްޓަމަރުންގެ މެދުގައި ދެ ގުރުވަތު ނަގާ، ގޯ ޕްރޯ ހީރޯ 12 އަދި ސްޕޯޓްސް ފިޝިންގް ގިއަރ ސެޓް ލިބޭ ނަސީބުވެރި ކަސްޓަމަރުން ހޮވާފައެވެ.

ޕްރީޕެއިޑް ޕްލޭންތަކަށް 400 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ރީޗާޖުކުރާ ކަސްޓަމަރުންނާއި ޕޯސްޓްޕެއިޑް 400 އަދި ފައިބަރ ބްރޯޑްބޭންޑް 30އެމް އަށް ވުރެ މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބްކުރާ ފަރާތްތަކަށް ދިރާގު ވިން އަ ސްޕިޑްބޯޓް ޕްރޮމޯޝަންގެ ގުރުވަތުގައި ބައިވެރިވެވޭނެއެވެ. ދިރާގުގެ ހިދުމަތް މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ދިރާގާއި ގުޅޭ ކަސްޓަމަރުންނަށްވެސް މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ދިރާގުން ވަނީ ހުޅުވާލާފައެވެ. އަދި ހާއްސަ ޕޯޓަލް މެދުވެރިކޮށް 15 ޑިސެންބަރު 2024ގެ 23:59 ކުރިން މި ޕްރޮމޯޝަންގައި ހުރިހާ ކަސްޓަމަރުންނަށްވެސް އެންރޯލްވެވޭނެއެވެ. މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް ދިރާގުގެ ވިން އަ ސްޕިޑްބޯޓް ޕްރޮމޯޝަންގެ ލިންކު މެދުވެރިކޮށް ލިބިގެންދާނެއެވެ.

ދިރާގަކީ ރާއްޖޭގައި މިފަދަ ފޯރިގަދަ ޕްރޮމޯޝަންތައް ކުރިއަށްގެންދާ ކުންފުނިތަކުގެ ތެރެއިންވެސް ނަމޫނާ ކުންފުންޏެކެވެ. އެގޮތުން ކޮންމެ އަހަރުކުވެސް އެ ކުނުފުނީގެ ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދޭނެފަދަ ހާއްސަ ޕްރޮމޯޝަންތަކާއި އޮފަރތަށް ފަރުމާކޮށް، ޑިޖިޓަލް ރައްޖޭގައި ކުރިއެރުމަށް އެފަރާތްތަކަށް މަގުފަހިކޮށްދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: