ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޑުއެހުމަކަށް ހާރުނުވެގެން އައިކޮމްގެ ޖުރިމަނާއެއް އައީ މުވައްޒަފެއްގެ އިހުމާލުން: ހައުސިން މިނިސްޓްރީ

ހައުސިންގ މިނިސްޓްރ އަލީ ހައިދަރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިނިސްޓްރީ ޖޫރިމަނާ ކުރިކުރުމަކީ މުވައްޒަފެއްގެ އިހުމާލުން ހިނގާފައިވާ ކަމެއްކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

މިއީ އިކޮމްއަށް ހުށަހެޅުނު މައްސަލައެއްގެ އަޑުއެހުމަށް، ހައުސިން މިނިސްޓްރީ ހާޒިރުވެފައި ނުވާތީ ކޮމިޝަނުން ކުރި ޖުރިމަނާއެއްގެ މައްސަލައެވެ. 350 ރުފިޔާގެ ޖުރިމަނާއެއް ދެއްކުމަށް އައިކޮމް މިނިސްޓްރީއަށް އެންގުމުން އިއްޔެ އެކަން މީޑިއާތަކުން ރިޕޯޓުކުރުމާއި އެކު ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ.

މައްސަލައިގައި މިއަދު ނެރުނު ބަޔާނެއްގައި މިނިސްޓްރީން ބުނީ، އަބަދުވެސް މަސައްކަތް ކުރަނީ ހާމަކަން ބޮޑުގޮތެއްގައި ޖަވާބުދާރީ ކުރުވަނި ގޮތަކަށް ކުރިޔަށް ދިއުމަށް ކަމަށެވެ. އަދި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށައަޅާ އާރުޓީއައިތަކަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މައުލޫމާތު ފޯރުކޮށްދިނުމަށް މަސައްކަތް ކުރާކަމަށެވެ.

ބަޔާނުގައި ބުނެފައި ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިނިސްޓްރީ ޖުރިމަނާ ކުރީ މުވައްޒަފެއްގެ އިހުމާލުން ހިނގިކަމެއްގެ ތެރެއިން ކަމަށެވެ. އެ މައްސަލައިގައި ސިވިލް ސާވިސްގެ ގަވައިދުގައި ބުނާ ގޮތުގެ މަތީން މުވައްޒަފާއި މެދު ފިޔަވަޅު އެޅުމުގެ އިޖުރާއަތު ފުރިހަމަ ކުރަމުންދާކަމަށް ބަޔާނުގައިވެއެވެ.

މިނިސްޓްރީން ބުނެފައި ވަނީ މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށް، ކަމާއި ގުޅޭ ހުރިހާ އުސޫލުތަކެއް ހަރުދަނާ ކުރުމަށް ވެސް މަސައްކަތް ކުރަމުންދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: