ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިނަދޫގެ ސިޓީގެ ދަރަޖަ ބާތިލު ކުރުމަށް، ދައުލަތާ ދެކޮޅަށް ކޯޓަށް ދިއުމުން ރާގިބު މަގާމުން ވަކިކޮށްފި

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޑެޕިއުޓީ މިނިސްޓަރު އަލްއުސްތާޛު މުހައްމަދު ރާޣިބު އަހްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނެސް، ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވާތީ ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށައެޅި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޑެޕިއުޓީ މިނިސްޓަރު އަލްއުސްތާޛު މުހައްމަދު ރާޣިބު އަހްމަދު އެމަޤާމުން ވަކިކޮށްފިއެވެ.

ހީނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުން އުވާލުމަށް ދައުލަތާ ދެކޮޅަށް ކޯޓަށް ދިއުމާ ގުޅިގެން ޑެޕިއުޓީ މިނިސްޓަރު ރާޣިބު މިއަދު އެމަޤާމުން ރައީސުލްޖުމްހޫރިއްޔާ ވަކިކުރައްވައިފައިވާ ކަމަށެވެ.

ރައީސް އޮފީހަށް ރައްދުވާ ގޮތަށް ރާޣިބު ހުށަހެޅުއްވި މި މައްސަލައިގައި ބުނެފައިވަނީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ނިމިދިޔަ ސަރުކާރުގައި އޭރުގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ދެއްވިއިރު، ތިނަދޫއަކީ ޤާނޫނުގައި ބުނާ 10،000 މެމްބަރުން ހަމަވާ ރަށެއް ނޫން ކަމަށެވެ. އަދި އޭރު އެ ނިންމުން ނިންމާފައިވަނީ ރަށު ކައުންސިލުން އާބާދީގެ ރަސްމީ އަދަދު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އޮޅުވާލައިގެން ދީފައިިވާ ދޮގު މައުލޫމާތުގެ މައްޗަށް ބިނާކޮށްކަމަށްވެސް މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުުރުން، އޭރު އާބާދީ ލިސްޓުގައި 10،150 މީހުން ހަމަވާކަމަށް ފެންނަން އޮތީ އެކެއްގެ ނަމުގައި ޑުޕްލިކޭޓްކޮށް އައިޑީކާޑުު ހަދައި، ތަކުރާރުކޮށް ނަންތައް ހިމަނައިގެންކަންވެސް ފާހަގަކޮށްފައިވެއެވެ.

އެހެންްކަމުން ތިނަދޫޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އޭރު ރައީސް ނެރުއްވި ޤަރާރު ބާތިލުކޮށްދެއްވުމަށާއި، ޤަރާރަށް އަމަލު ކުރުމުގެ ގޮތުން މިހާތަނަށް ނިންމާފައިވާ ނިންމުންތައް ޤާނޫނީ ހަމަތަކުގެ މަތިން ބާތިލުކަމަށް ކަނޑައަޅުއްވައިދެއްވުމަށް މައްސަލައިގައި އެދިފައިވެއެވެ.

ވަރަށް ގަދަ
22%ވަރަށް ގަދަ 28%ވަރަށް ގަޔާވޭ 28%ބޮޑު ޖޯކެއް 6%ހައިރާންވެއްޖެ 17%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: