ލިންކްސާވުން ހިކްވިޝަން އެކްސްޕީރިއަންސް ސެންޓަރެއް ގާއިމުކޮށްފިއެވެ.
މާލޭގައި ހުންނަ ލިންކްސާވްގެ ޝޯރޫމްގައި ބިނާކޮށްފައިވާ ހިކްވިޝަންގެ އެކްސްޕީރިއަންސް ސެންޓަރުގައި ކަސްޓަމަރުންނަށް ހިކްވިޝަންގެ އެކި ބާވަތުގެ އުފެއްދުންތައް ސީދާ ބޭނުންކޮށް ބެލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިގޮތުން ތަޖުރިބާ ކުރެއްވޭނެ ވަސީލަތްތަކުގެ ތެރޭގައި ޒަމާނީ ސީސީޓީވީ ސިސްޓަމްތަކާއި، ސްމާޓް ހޯމް ސޮލިއުޝަންތައް ހިމެނޭއިރު މި ވަސީލަތްތައް މެދުވެރިކޮށް ސެކިއުރިޓީއާއި ހަރުދަނާކަން އިތުރުކުރެވޭނެ ގޮތްތައް ލައިވްކޮށް ދައްކުވައިދޭނެއެވެ.
ލިންކްސާވްގެ ކަސްޓަމަރުންނަށް ވީޑިއޯ އިންޓަރކޮމް، އެކްސެސް ކޮންޓްރޯލްސް، އެލާމް ސިސްޓަމްތަކާއި އަދި އެކި ބާވަތުގެ ސީސީޓީވީ ކެމެރާތައް މަސައްކަތްކުރާގޮތް ވަގުތުން ބަލާލެވޭނެ އިރު އިންޓަރެކްޓިވް ސެޓަޕްގެ ސަބަބުން ކަސްޓަމަރުންނަށް ހިކްވިޝަންގެ އުފެއްދުންތަކުގެ ފެންވަރު ދެނެގަނެވި ތަޖުރިބާއާއިއެކު އުފެއްދުންތަކަށް އިތުބާރު ޔަގީންކުރެވިގެންދާނެކަމަށް އެ ކުންފުނިން ދެކެއެވެ. އަދި މިކަމުގެ ސަބަބުން މި އުފެއްދުންތައް ގަތުމާއިމެދު ރަނގަޅު ތަސައްވުރެއް އުފެދިގެންދާނެކަމަށެވެ.
ދިވެހިރާއްޖޭގެ ހިކްވިޝަން ބްރޭންޑްގެ ނޭޝަނަލް ޑިސްޓްރިބުޓަރަކީވެސް ލިންކްސާވްކަމަށްވާއިރު އެ ކުންފުނިން މީޑިއާތަކަށް އެކަމާއި ގުޅުންހުރި ލިޔެކިއުންތައްވެސް ދައްކާލާފައިވެއެވެ. އެ ހައިސިއްތުން ލިންކްސާވްއިން އަމާޒުކުރަނީ ހިކްވިޝަންގެ ސެކުރިޓީ އަދި ސަވައިލަންސް ސޮލިއުޝަން ރާއްޖޭގެ ވިޔަފާރިތަކަށާއި، އަދި އާންމުންނަށް ފޯރުކޮށްދިނުމުގެ އިތުރުން ޓެކްނިކަލް އެހީތެރިކަމާއި ގަތުމަށްފަހު ކަސްޓަމަރުންނަށް ބޭނުންވާނެ އެހީތެރިކަން ދިނުމަށެވެ.
ހިކްވިޝަންގެ އައު ވަސީލަތްތައް ޕޮރޮމޯޓްކުރުމުގެ އަމާޒުވެސް ހިމެނޭހެން ފެށިފައިވާ މި މަސައްކަތްތަކުގެ ތެރެއިން ވޯކްޝޮޕްތަކާއި ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާކަންވެސް އެ ކުންފުނިން ހިއްސާކޮށްފައިވެއެވެ.

