ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތައިލެންޑަށް ކަނޑައަޅާ ސަފީރުކަމަށް ފުއާދުގެ ނަން!

އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅާ ސަފީރުކަމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގުގެ ނަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފި އެވެ.

ބޭރުގެ ގައުމުތަކަށް ރާއްޖެއިން ސަފީރުން ކަނޑައެޅުމަށްޓަކައި، ތައިލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ ސަފީރަކަށް ފުއާދުގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވާފައި ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށެވެ.

އިލެކްޝަންސް ކޮމިޝަނުގައި ފުއާދުގެ ދައުރުގެ ހަމަވެފައި ވަނީ އިއްޔެ އެވެ. ކޮމިޝަނުގެ ގަވައިދު ބުނާ ގޮތުގައި ދެ އަހަރަށް ވުރެ އިތުރަށް ކޮމިޝަނުގެ މެމްބަރުކަމުގައި ނުހުރެވޭނެ އެވެ.

ފުއާދަކީ 90 ގެ ފަހުކޮޅުން ފެށިގެން އިންތިހާބުތައް ބޭއްވުމުގެ އެކި މަސައްކަތްތަކުގައި ހަރަކާތްތެރިވަމުން އައި ބޭފުޅެކެވެ. އަދި ކޮމިޝަނުގެ މެމްބަރުކަމަށް ފުއާދު އެންމެ ފުރަތަމަ އައްޔަނު ކުރެވުނީ 2008 ގައެވެ. ފުއާދަކީ އޭރު ރާއްޖޭގައި ހިންގަމުން ދިޔަ ހުރިހާ ސިޔާސީ ޕާޓީއަކުން ރުހިގެން އޭރު ކޮމިޝަނަށް އައްޔަނު ކުރި މެމްބަރެވެ.

މިހާރު ވެސް ފުއާދު ފާހަގަކުރެވެނީ ސިޔާސީ ހުރިހާ ޕާޓީތަކެއްގެ ވެސް އެންމެ އިތުބާރު އޮތް، އަދި ރައްޔިތުން ވެސް އިތުބާރު ކުރާ މެމްބަރުގެ ގޮތުގަ އެވެ.

ފުއާދަކީ މިނިވަން މުވައްސަސާތަކުގެ ވެރިންގެ ތެރެއިން، މިހާތަނަށް ރައްޔިތުންގެ އެންމެ ބޮޑު އިހުތިރާމެއް ވެސް ލިބުނު ބޭފުޅާ އެވެ.

ފުއާދުގެ ދައުރު ހަމަވުމުން، ތައިލެންޑުގެ ސަފީރުކަމަށް އައްޔަނު ކުރާނެކަމަށް ވާހަކަ ދެކެވޭތާ ވަނީ ދުވަސްތަކެއް ވެފައެވެ.

ވަރަށް ގަދަ
57%ވަރަށް ގަދަ 10%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: