ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރަޕްޝަނުގެ ވަކިތަކުން ސަލާމަތް ވެވެނީ އޭސީސީ ރަނގަޅުކޮށްގެން: ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ އެކި އިދާރާތަކާއި މުވައްސަސާތަކުގެ ތެރޭގައި އަށަގަނެފައިވާ ކޮރަޕްޝަނުގެ މައްސަލަތައް ރަނގަޅު ގޮތުގައި ތަހުގީގު ކުރެވޭނީ އެފަދަ މައްސަލަތައް ބެލުމުގެ ޒިންމާ މަތިކޮށްފައިވާ މުވައްސަސާ ހަމައަކަށް އަޅުވައިގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ނާޒިމް މިފަދައިން ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަނަށް ރައީސާއި ނައިބު ރައީސަކު ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭގޮތަށް ހުށަހަޅާފައިވާ އިސްލާހުގެ ކޮމިޓީ ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ.

ނާޒިމް ވިދާޅުވީ މި ސަރުކާރުން ބޭނުން ވަނީ، ކޮރަޕްޝަން ނައްތާލައި މައްސަލަތައް ވީހާވެސް އިންސާފުވެރިކަމާއި އެކު ތަހުގީގު ކުރުމަށްކަމަށެވެ. އަދި އެ ޒިންމާ އެޅިފައި އޮތް މުވައްސަސާއަކީ އެންޓި ކޮރަޕްޝަން ކޮމިޝަނަށްވާއިރު މިހާތަނަށް އެދެވޭ ގޮތެއްގައި މަސައްކަތެއް ކުރެވުނު ދައުރެއް ފެނިފައި ނުވާކަމަށް ވިދާޅުވި އެވެ.

އެހެންކަމުން ސަރުކާރުގެ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން މަޖިލީހުގައި ކުރިޔަށް ދަނީ ނާޒިމް ވިދަޅުވި ގޮތުގައި ކޮމިޝަން އަލުން ހިނގާނެ ގޮތް ރާވައި ބައްޓަން ކުރުމެވެ.

އަޅުގަނޑުމެން މިހާރު މި ކުރާ މަސައްކަތަކީ އެ ކޮމިޝަނުގެ މަސައްކަތް އަލުން ހިނގައިގަންނާނެ ގޮތަކަށް ކަންތައްތައް ރޭވުން އަދި ބައްޓަން ކުރުން..

ސަރުކާރުގެ އިހުލާސްތިކަމާއި މެދު އެމްޑީޕީގެ މެމްބަރުން ސުވާލު އުފައްދާތީ ރައްދުގައި ނާޒިމް ވިދާޅުވީ، ކޮރަޕްޝަން ނައްތާލުމަށް ކުރަމުންދާ މަސައްކަތަށް ބޮޑެތި ކާމިޔާބީތަކެއް ލިބިފައިވާކަމަށެވެ. މިސާލެއްގެ ގޮތުގައި ނާޒިމް ފާހަގަކުރެއްވީ، ޔުނިފޯމު އެޅި މުވައްސަސާތައް ރީފޯމްކޮށް ހަރުދަނާ ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކެވެ.

ނާޒިމް ވިދާޅުވީ ކަރެކްޝަނުގެ އޮފިސަރުންގެ މައްސަލައެއްގެ ޝަރީއަތްތައް ވެސް ކުރިޔަށްދާކަމަށާއި، ފުލުހުންގެ މުވައްސަސާގެ އޮޑިޓެއް ވެސް ތައްޔާރު ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރިޔަށް ކަމަށެވެ.

ނާޒިމް ވިދާޅުވީ މި ހުރިހާ މަސައްކަތަކަށް ވެސް އަލިމަގެއް ލިބޭނީ، އެންޓި ކޮރަޕްޝަން ކޮމިޝަނަކީ ސާފުތަނަކަށް ވެގެން ކަމަށެވެ.

ސަރުކާރުގެ ފަރާތުން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ކޮމިޝަނުގެ ރައީސަކު ނުވަތަ ނައިބު ރައީސަކު އައްޔަނު ކުރުމަށް ބޭނުންވުމުން، އެ ނަމެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވާނެކަމަށެވެ.

މަގާމުން އިސްތިއުފާ ދޭން ބޭނުންވުމުން، އެ ސިޓީ ފޮނުވަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. މީގެ ކުރިން ރައީސާއި، ނައިބު ރައީސްގެ އިސްތިއުފާގެ ސިޓީ ހުށަހަޅަން ޖެހޭނީ އެ ކޮމިޝަނަކަށެވެ.

އިސްލާހުގައި ގާނޫނުގައި މިހާރު ހުރި ބައެއް މާއްދާތައް އުނި ކުރުން ހިމެނޭއިރު، އޭގެ ތެރޭގައި މަސްއޫލިއްޔަތު އެކަށީގެންވާ ގޮތެއްގައި އަދާ ނުކުރާނަމަ ކޮމިޝަނުގެ މެމްބަރުންގެ މެދުގައި އިތުބާރު ނެތްކަމަށް ފާސްކުރުމުން މަގާމުން އިސްތިއުފާ ދިނުން ހިމެނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: