ޑިވެލޮޕްމަންޓް އޮފް އެގްރިކަލްޗަރަލް އިކޮނޮމިކް ޒޯންއާއެކު 8000 ގާތްކުރާ އަދަދަކަށް ވަޒީފާ އުފެދޭނެ ކަމަށް ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ބުނެފައިވަނީ، ”ޑިވެލޮޕްމަންޓް އޮފް އެގްރިކަލްޗަރަލް އިކޮނޮމިކް ޒޯން“ އެއްބަސްވުމެއްގައި ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮންޕެނީ ލިމިޓެޑާއެކު ސޮއިކޮށްފައިވާ ކަމަށެވެ. މި މަޝްރޫއަކީ ރާއްޖެއަށް ބޭނުންވާ ކާބޯތަކެތި ރާއްޖޭގައި އުފައްދައި އިންޕޯޓަށް ބަރޯސާވުން ކުޑަކުރުމަށް ހިންގާ ހަރަކާތްތެކެވެ. އަދި މި މަޝްރޫއުގެ ދަށުން އުފައްދާ ކާބޯތަކެތީގެ އަގު ދަށްވެ، ދިވެހިރާއްޖޭގައި 800 އެއް ހާ ވަޒީފާގެ ފުރުސަތު ވެސް އުފެދިގެންދާނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
މި މަސައްކަތުގެ އަމަލީ މަސައްކަތް 2025 އަހަރު ފެށުގެންދާނެ ކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. މި ޕްރޮޖެކްޓްގައި ހިމެނޭބައިތަކުގެ ތެރޭގައި، 100 ހެކްޓަރުގެ ބިމުގައި ދަނޑުވެރިކަން ކުރުމަށް ގްރީންހައުސްތައް އެޅުމަށް ވަނީ ނިންމައިފައެވެ. 100 ހެކްޓަރުގެ ބިމުގައި، އަޑިއަށް ފައިބާ ތަރުކާރި/މޭވާ ހެއްދުމަށް ހާއްސަކުރެވިގެންދާނެ އެވެ. އަދި މި މަޝްރޫއުގެ ދެވަނަ ފޭސްގައި ރާއްޖެއަށް ބޭނުންވާ ކުކުޅުބިސް އުފެއްދުމަށް ޙާއްސަ ޕޯލްޓްރީ ފާމެއް ޤާއިމުކުރުމަށް ވަނީ ނިންމައިފައެވެ.
މީގެ އިތުރުން، ރާއްޖޭގައި ދަނޑުވެރިކަން ހަރުދަނާ ކުރުމަށް ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓްރީ އެޅުމަށްވެސް ވަނީ ނިންމައިފައެެވެ. މި ލެބޯޓްރީއިން ފޯރުކޮށްދޭ ޙިދުމަތްތަކުގެ ތެރޭގައި ގަސްތަކަށްޖެހޭ ބަލިތަށް ދެނެގަނެ، ފަސް ޓެސްޓުކުރުން، ބަޔޮލޮޖިކަލް ކޮންޓްރޯލް އެޖެންޓްސް އުފެއްދުން، ޕްލާންޓް ޓިޝޫ ކަލްޗަރކޮށްގެން ދޮންކެޔޮ ކަހަލަ ކުދި ގަސްތައް އުފެއްދުން ހިމެނެއެވެ. މި ލެބޯޓްރީ ޤާއިމުކުރުމަށް 29 އޮގަސްޓް ގައި ފުވައްމުލަކުގައި ވަނީ އެއްބަސް ވުމެއްގައި ސޮއިކޮށްފައެވެ. މިނިސްޓްރީގެ އަމާޒަކީ 2025 ވަނަ އަހަރުގެ ސެޕްޓެންބަރ މަހު 18 ވަނަ ދުވަހު ލެބޯޓްރީގެ ޙިދުމަތްތައް ދަނޑުވެރިންކަން ފޯރުކޮށްދިނުމެވެ.
ލެބޯޓްރީއަށް ބޭނުންވާ ސާމާނުތައް މެޕް ޕްރޮޖެކްޓުންނާއި، ޖަޕާން ސަރުކާރުގެ އެހީގެ ދަށުން ޔޫ.އެން.ޑީ.ޕީއިން ކުރިއަށް ގެންދާ ޕްރޮމޯޓިންގ ޑެވޮލޮޕްމެންޓް އޮފް ސަސްޓޭނަބަލް އެގްރިކަލްޗަރ އިކޮނޮމީ ޕްރޮޖެކްޓްގެ ދަށުން ހޯދުމަށް ސިޓީއެއް ފޮނުވައިފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

