ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުޅަހެޔޮ ޢާއިލާތަކެއް ރާއްޖޭގައި ޤާއިމްކުރެވޭނީ ހުރިހާ ފަރާތްތަކެއް އެކުގައި މަސައްކަތް ކުރްގެން: ޑރ އައިޝަތު ޝިހާމް

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ދުޅަހެޔޮ ޢާއިލާތަކެއް ބިނާކުރުމަށްޓަކައި މުޖުތަމަޢުގެ އެންމެހައި ފަރާތްތަކުގެ އެއްބާރުލުމާއި މަސައްކަތް ކޮންމެހެން މުހިންމު ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފް.ޕީ.އޭ) އިން އިންތިޒާމުކޮށްގެން ބޭއްވި ދެ ދުވަހުގެ މަދަނީ ޖަމްޢިއްޔާތަކުގެ މަހާސިންތާގެ އިފްތިތާޙީ ޖަލްސާގައި ޝަރަފުވެރި މެހުމާނުގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ޤައުމުގައި ދުޅަހެޔޮ ޢާއިލާތަކެއް ޤާއިމުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބުމަކީ އެކަމަށް ލިބޭ މުހިންމު ހިތްވަރެއް ކަމުގައެވެ.

މީގެއިތުރުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ އެކިއެކި އެހީތެރިކަމާއި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޤާބިލު ޖަމްޢިއްޔާތައް އުފެދި، ހަރަކާތްތެރިވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ އިޖުތިމާޢީ، އިޤްތިޞާދީ، މާލީ އަދި ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ޒަމާނުއްސުރެ ދިވެހިރާއްޖޭގައި އެކި ފެންވަރުގައި ހަރަކާތްތެރިވަމުންދާ އަދި މިހާރުވެސް އެފަދަ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ޢަމަލީގޮތުން މަސައްކަތްކުރާ ފަރާތްތަކަށް ވަޒީރު ޚާއްޞަ ޝުކުރެއް އަދާކުރެއްވިއެވެ.

މި މަހާސިންތާއަކީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން 2 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ ހަރަކާތެކެވެ. އަދި މި މަހާސިންތާގެ ތެރެއިން އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކި ގޮތްގޮތުން ހަރަކާތްތެރިވާ ޖަމްޢިއްޔާތަކާއި ދައުލަތުގެ އިދާރާތަކާއި ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ވެގެންދާނެ އެވެ.

މީގެ އިތުރުން، އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ހުއްޓުވި، މުޖުތަމަޢަކީ އެކުވެރި، ހަމަހަމަ އަދި އޯގާތެރި މުޖްތަމަޢެއްގެ ގޮތުގައި ބިނާކުރެވި، އަންނަން އޮތް ޖީލުތަކަށް ފަޚުރުވެރިވެވޭފަދަ ޤައުމެއް ގެ ގޮތުގައި މި ޤައުމު ދޫކޮށްލެވޭނެކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: