ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާޒީގެ ހުއްދަނެތި ފެމިލީ ކޯޓުގެ ޝަރީއަތުގެ މަޖިލީހުން ނުކުތް އަންހެނަކަށް 3 ދުވަހުގެ ޖަލު ޙުކުމެއް

ފެމިލީ ކޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

ގާޒީގެ ހުއްދަނެތި ފެމިލީ ކޯޓުގެ ޝަރީއަތުގެ މަޖިލީހުން ނުކުތް އަންހެނަކު 3 ދުވަހަށް ޖަލަށް ލާން ފެމިލީ ކޯޓުން ޙުކުމްކޮށްފިއެވެ.

މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މިއީ 25 ނޮވެމްބަރުގައި ފެމިލީ ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގެ އަޑުއެހުމެއްގައި ހިނގާދިޔަ ކަމަކާ ގުޅޭ މައްސަލައެކެވެ. އެގޮތުން ޝަރީއަތަށް ހާޒިރުވެ، އެ އަޑުއެހުމުގެ ތެރެއިން ގާޒީގެ ހުއްދަ ނެތި މަޖިލިސް ދޫކޮށް އޭނާ ވަނީ ގޮސްފައެވެ. އަދި ކޯޓުގެ ރިސެޕްޝަން ތެރެއިން، ލީގަލް އޮފިސަރ އިންނަވާ ކޮޓަރި ތެރެއަށް ވަދެ، އެތަނުން ކޯޓުގެ ލޮބީ ސަރަޙައްދަށް ނުކުމެ ހުއްދަ ނެތި އޭނާ ވަނީ ކޯޓުން ނުކުމެގެން ގޮސްފައެވެ.

އޭނާ ޝަރީއަތުގެ މަޖިލިސް ދޫކޮށް ދިޔައީ ޝަރީއަތް ހިނގަމުން ދަނިކޮށް ގާޒީގެ ހުއްދަނެތި ޝަރީއަތް މަޖިލިސް ދޫކޮށް ނުދެވޭނެކަމާއި، ފިޔަވަޅު އެޅޭނެކަންވެސް އަންގާފައި ވަނިކޮށެވެ.

އެހެންކަމުން އޭނާ ޝަރީއަތުގެ ނިޒާމާ ޚިލާފުވެފައިވާތީއާއި، ކޯޓުގެ ޙުރުމަތް ކަނޑާފައިވާތީ 3 ދުވަހަށް ޖަލަށް ލާން ފެމިލީ ކޯޓުން ވަނީ ޙުކުމްކޮށްފައެވެ. އެއީ ފެމިލީ ކޯޓުގެ އާއިލީ އިޖުރާއަތުގެ ޤަވާއިދުގެ (95) ވަނަ މާއްދާއާ ޙަވާލާދީއެވެ.

ޝަރީޢަތުގެ މަޖިލީސް ހިނގަމުންދަނިކޮށް ކޯޓުގެ އިޒުނައެއްނެތި ޝަރީޢަތުގެ މަޖިލީހުން ނުކުމެ، ނުވަތަ މަޖިލީހުގެ ނިޒާމާ ޚިލާފުވާފަދަ ޢަމަލެއް މީހަކު ހިންގައިފިނަމ،ަ ނުވަތަ ޝަރީޢަތުގެ މަޖިލީހުގައި ކުރެވޭ އަމުރަކަށް ނުކިޔަމަންތެރިވެއްޖެނަމ،ަ އެކަމުގެ ކުޑަބޮޑު މި ނަށް ބަލައ،ި 10,000/- ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުނ،ް ނުވަތަ 15 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުނ،ް ނުވަތަ 1 މަސްދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދުކުރުމުގެ ބާރު މައްސަލަ ބަލާ ގާޒީއަށް ލިބިގެންވެއެވެ.

ކޯޓުގެ ޙުރުމަތް ކެނޑުމާއި ގުޅޭ ކުށްތަކަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައިވެސް އަދަބު ކަނޑައެޅިފައިވެއެވެ. އެގޮތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައިި އޮންނަނީ 15 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށް ލުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: