ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިމިދިޔަ ދައުރުގައި އިސްލާހުގެ ނަމުގައި ދަނޑުތައްވެސް ހުރީ ހާލުކޮށްލާފައި: ރިފާއު

ޝެއާރކޮށްލާ ކަހަލަދޯ؟

ނިމިދިޔަ ސަރުކާރުގެ ދައުރުގައި އިޞްލާޙުގެ ނަމުގައި ކުރެވުނު މަސައްކަތްތަކުގެ ސަބަބުން، ގިނަ ރަށްތަކެއްގައި ހުރި ކުޅިވަރު ދަނޑުތައް ހަލާކުވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވަމުން، ކުޅިވަރުގެ ދާއިރާއަށް ގެންނަން ކަނޑައެޅިފައިވާ އިޞްލާޙުތަކާ ގުޅޭގޮތުން މެންބަރު ރިފާއު ފާހަގަކުރެއްވީ، ދިވެހިރާއްޖޭގެ ކުޅިވަރު އާއިވަރު އާއިލާ މިހާރު ވަނީ ވަރަށް ބޮޑަށް ނިކަމެތި ޙާލަތެއްގައި ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި، ކުރީގެ ސަރުކާރުން ކުޅިވަރު ދާއިރާ އިޞްލާޙުކުރުމުގެ ނަމުގައި އަތޮޅުތަކުގައި ކުޅިވަރަށް ޚާއްޞަކޮށް ތަރައްޤީކޮށްފައިވާ ގިނަ ދަނޑުތައް މިހާރު ވަނީ ހަލާކުވެފައެވެ. އަދި މަދު ރަށެއްގައި އައު ދަނޑުތައް އެޅުނު ނަމަވެސް، ގިނަ ރަށްތަކުގައި މިފަދަ ވަސީލަތްތައް ޤާއިމުކުރުމާއި ތަރައްޤީކުރުމުގެ ބޭނުމުގައި ކަމަށް ބުނެ ކުރެވުނު މަސައްކަތްތަކުގެ ސަބަބުން، ކުރިން ހުރި ވަސީލަތްތައްވެސް މިހާރު ވަނީ ބޭނުން ނުކުރެވޭ ހާލަތަކަށް ގޮސްފައި ކަމަށް ފާހަގަކުރެއްވިއެވެ.

ރިފާއު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިހާރު ވަނީ މި ކަންކަން އިޞްލާޙުކުރުމަށް އިސްނަގައިގެން މަސައްކަތްތަކެއް ފަށާފައި ކަމަށެވެ. އަދި 2025 ވަނަ އަހަރުގެ ބަޖެޓުން ޒުވާނުންނާއި ކުޅިވަރު ދާއިރާއަށް ބޭނުންވާ ކަންކަން ފުރިހަމަވެގެންދާނެކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ރިފާއު ފާހަގަކުރެއްވި ގޮތުގައި، މިހާރު ކުޅިވަރު ވުޒާރާއާ ޙަވާލުވެ ހުންނެވި މިނިސްޓަރ އަބްދުﷲ ރާފިއުއަކީ މި ދާއިރާގައި އެކި ދައުރުތަކުން މަސައްކަތްކުރައްވާފައިވާ، ދާއިރާގެ މަސައްކަތްތެރިންނާ ވަރަށް ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ. މިނިސްޓަރ ރާފިއު މި ގުޅުންތަކުގެ ބޭނުން ހިއްޕަވައި، ކުޅިވަރުގެ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެންނަވާނެކަމާމެދު ޝައްކެއް ނެތް ކަމަށް ރިފާއު ވިދާޅުވިއެވެ.

މިނިސްޓަރ ރާފިއުއަކީ އަމިއްލަފުޅަށްވެސް އެކި ކުޅިވަރުތަކުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި، ކުޅުންތެރިންނަށް އިތުރު ފުރުޞަތުތައް ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ރިފާއު ވިދާޅުވިއެވެ. އަދި ޤާނޫނަށް ހުށަހަޅާފައިވާ އިޞްލާޙުތަކުންވެސް މިކަން ފާހަގަކުރެވޭ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: