ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެސްޓްހައުސް އެސޯސިއޭޝަން ހުށަހެޅީ ސިފައިން ނުހިމަނައި، ވެރިންނަށް ޕާސްޕޯޓު ބޭން ކުރަން!

ކޮމިޓީއަށް ހާޒިރުވި ގެސްޓްހައުސް އެސޯސިއޭޝަނުގެ އިސްވެރިން --- ފޮޓޯ: މަޖިލިސް އިދާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް އިޒްރޭލު ޕާސްޕޯޓުގައި އެތެރެވޭ މީހުންގެ އަދަދު އިންތިހާއަށް މަދުއިރު ރާއްޖެ ފަދަ ކުޑަ ގައުމަކުން އަޅާ ބޮޑު ފިޔަވަޅެއްގެ ސަބަބުން ގައުމުގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެކަމަށް ގެސްޓް ހައުސް އެސޯސިއޭޝަނުން ބުނެފި އެވެ.

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް އަހުމަދު ނަސީމު ހުށަހެޅުއްވިތާ ފަސް މަހަށް ވުރެ ގިނަ ދުވަސް ވަނީވެފަ އެވެ. އިސްލާހު ކުރިޔަށް ނުދާތީ އެކި ފަހަރު މަތީން ހުށަހެޅި ކުއްލި މައްސަލަތައް ވެސް ޕީއެންސީގެ މެމްބަރުން ވަނީ ބޭރުކޮށްލާފަ އެވެ.

ގިނަ ދުވަހަށް ފަހު ކޮމިޓީގައި މަސައްކަތް ފަށައި، ނިންމާފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު ޕާސްޕޯޓު ބޭން ކުރުމާއި މެދު ގޮތެއް ނިންމުމަށެވެ. އަދި ކޮމިޓީން ކަމާއި ގުޅުން ހުރި އެކި އިދާރާތަކާއި ބައްދަލުކޮށް ހިޔާލާއި މަޝްވަރާ ހޯދުމަށް ނިންމި އެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުވެ ގެސްޓް ހައުސް އެސޯސިއޭޝަންގެ ނައިބު ރައީސް އަހުމަދު ވަހީދު ވިދާޅުވި ގޮތުގައި މަނާ ކުރަންވީ ހަމައެކަނި އިޒްރޭލު ވެރިންގެ ޕާސްޕޯޓެވެ.

އެސޯސިއޭޝަނުން ކޮމިޓީއަށް ހިޔާލު ހުށަހަޅައި ބުނީ ފަލަސްތީނުގެ ބައެއް ރައްޔިތުންގެ އަތުގައި އިޒްރޭލުގެ ޕާސްޕޯޓު އޮންނަކަމަށާއި، އެހެންކަމުން އެ ގައުމުގެ ޕާސްޕޯޓުގައި އެތެރެވުން މަނާކުރުމަށް ތާއީދު ނުކުރާކަމަށެވެ.

ގެސްޓް ހައުސް އެސޯސިއޭޝަނުގެ އެސިސްޓެންޓް ސޭކޭޓްރީ ޖެނެރަލް ނިމާދު އިބްރާހިމް ވިދާޅުވީ ވިސްނުމަކީ، އިޒްރޭލު ވެރިން ރާއްޖެ އެތެރެވުން މަނާކުރުން ރަނގަޅު ފިޔަވަޅަކަށް ވާނެކަމަށެވެ. އަދި ޕާސްޕޯޓު މަނާ ކުރަން ވާނީ އިޒްރޭލުގެ ސިފައިން ވެސް ނުހިމެނޭ ގޮތަށްކަމަށް ވިދާޅުވި އެވެ. އޭގެ ސަބަބަބެއްކަމަށް އަހުމަދު ވަހީދު ވިދާޅުވީ އެ ގައުމުގެ ކޮންމެ ރައްޔިތެއް ވެސް އަސްކަރީ ހިދުމަތުގައި އުޅެން ޖެހުމެވެ.

ނިމާދު ވިދާޅުވީ މިއީ ގެސްޓް ހައުސް ދާއިރާގެ އެންމެންގެ ވެސް ހިޔާލު ހުރި ގޮތް ކަމަށެވެ.

މީގެއިތުރުން އޭނާ ވިދާޅުވީ އިޒްރޭލުގެ ރައްޔިތުންނަށް އެއްކޮށް ޕާސްޕޯޓު މަނާ ކުރުމުން އޭގެ ނުރަނގަޅު އަސަރު ފަތުރުވެރިކަމަށް ފޯރާނެކަމަށެވެ. އަދި ރާއްޖެ ފަދަ ކުޑަ ގައުމަކުން ނަގާ ބޮޑު ސްޓޭންޑެއްގެ ސަބަބުން ގެއްލުންތައް އަންނާނެކަމަށް ވިދާޅުވި އެވެ.

އިޒްރޭލުން ރާއްޖެއަށް އެތެރެވި ފަތުރުވެރިންނާއި ގުޅޭގޮތުން އެ އެސޯސިއޭޝަން ބުނެފައި ވަނީ މި އަހަރުގެ މިހާތަނަށް އައިސްފައި ވަނީ 1،200 މީހުންނެވެ. އަދި މިދިޔަ އަހަރު 3،380 މީހުން ވެސް އައިސްފައި ވެއެވެ.

ޕާސްޕޯޓު ބޭން ކުރަން އަޅުގަނޑުމެން ތާއީދެއް ނުކުރަން މުޅި އިޒްރޭލުގެ މައްޗަކަށް.. އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ ގޮތުގައި އިޒްރޭލު ޕާސްޕޯޓު ގެންގުޅޭ ފަލަސްތީނުގެ މުސްލިބު ރައްޔިތުން ވެސް.. އަޅުގަނޑުމެންގެ އަދުމަކީ އިޒްރޭލުގެ ވެރިން.. އާންމު ރައްޔިތުން ނުހިމެނޭ ގޮތަށް އިޒްރޭލުގެ ޕާސްޕޯޓު ބޭން ކުރަން… އެއަށް ތާއީދު ކުރަން.. އޭގެ ތެރޭގައި ސިފައިން ވެސް ނުހިމެނޭ ގޮތަށް.. މުޅި އިޒްރޭލަކީ ސިފައިން ދެއްތޯ…

އިޒްރޭލު ޕާސްޕޯޓު ބޭން ކުރުމާއި މެދު މަޖިލީހުން އަޅާ ފިޔަވަޅެއް އަދި ސާފެއް ނޫނެވެ. އެ ގައުމުގެ ވެރިންނަށް އެކަނި އަޅާ ފިޔަވަޅެއް ތޯ ނުވަތަ ވަކިވަކި މީހުންނަށް އެތެރެ ނުވެވޭ ގޮތަށް ގާނޫނު އިސްލާހު ކުރާނީތޯ ވެސް މަޝްވަރާ ކުރެވުނެވެ.

މައްސަލައިގައި އިއްޔެ އޮތް ކޮމިޓީގައި ޕީއެންސީގެ ޕާލިމަންޓް ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުން ފަލަސްތީނަށް އޮތީ ކޮން ފައިދާއެއްތޯ ބަލަންޖެހޭ ކަމަށާއި އަދި އެ މީހުންނަށް އޭގެން ހިންހަމަޖެހުމާއި އުފާވެރިކަން އޮތްތޯވެސް ބަލަންޖެހޭ ކަމަށެވެ. ބޭނުންވާ ކަމަށެވެ.

ކޮމިޓީން އިއްޔެ ނިންމާފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ އެސޯސިއޭޝަންތަކާއި، ޖަމިއްޔާތަކުގެ އިތުރުން ސިޔާސީ ޕާޓީތަކާއި ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކާއި ވެސް ބައްދަލު ކުރުމަށެވެ.

ވަރަށް ގަދަ
30%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 30%ވަރަށް ދެރަ 40%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: