ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫސްތަކާއި މީޑިއާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް ހުށަހެޅި ބިލު އަނބުރާ ގެންގޮޮސްފި

20 ވަނަ ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގައި އޮތް މީޑިއާ ކޮމިޝަނުގެ ބިލާއި މެދު ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އެ ބިލު އަނބުރާ ގެންގޮސްފިއެވެ.

މީޑިއާތަކުގެ އިތުރުން ވަކިވަކި ނޫސްވެރިން ވެސް ޖުރިމަނާކޮށް ސުވާލު ކުރެވޭ ގޮތަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އެއްކޮށްލުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާން އަބޫބަކުރުއެވެ.

ބިލު އަނބުރާ ގެންގޮސްފައިވާކަން އަންގާރަ ދުވަހުގެ ޖަލްސާގައި ރިޔާސަތުން ވަނީ ރަސްމީކޮށް އަންގާފައެވެ.

މި ބިލުގައި ހިމަނާފައިވާ ހަރުކަށި ގަވައިދުތަކުގެ އިތުރުން ދެން ހިމެނެނީ ނޫސްވެރިން އަމަލު ކުރަން ޖެހޭ ސުލޫކީ މިންގަނޑު އެކުލަވާލުމެވެ. އެގޮތުން ނޫސްވެރިންނާއި އެޑިޓަރުންގެ ދަފްތަރެއް ބަލެހެއްޓުމުގެ އިތުރުން ނޫސްވެރިއެއްކަން އަންގައިދޭ ފާސް ދޫކުރުމުގެ ޒިންމާ ވަނީ ކޮމިޝަނަށް ވަނީ މަތިކޮށްފަ އެވެ.

ސުލޫކީ މިންގަނޑާއި ތަކުރާރުކޮށް ހިލާފުވެއްޖެ ނަމަ ނޫސްވެރިއަކަށް 5000 ރުފިޔާއާއި 50،000 ރުފިޔާގެ އަދަދަކުން ޖުރިމަނާ ކުރެވޭއިރު، ވަކިވަކި ނޫސްވެރިން 10،000 ރުފިޔާއާއި ހަމައަސް ޖުރިމަނާ ކުރެވޭނެ އެވެ.

މި ބިލާމެދު ކަންބޮޑުވުން ފާޅުކޮށް ނޫސްވެރިން އިހުތިޖާޖުވެސް ކޮށްފައިވެއެވެ. އަދި ނޫސްވެރިން ސޮއިކޮށް ޕެޓިޝަނެއްވެސް ތައްޔާރުކުރިއެވެ.

ބިލާމެދު ނޫސްވެރިން ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވަނީ ނޫސްތަކާއި މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އެމަނިކުފާނު ގަބޫލު ކުރާ ހަމައެއް ނޫންކަމަށް ވިދާޅުވެފައެވެ.

އޭގެ އިތުރުން، އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި ޚިލާފު ނުވާހާ ހިނދަކު ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ހިނގާ ސަރަޙައްދުގައި ކޮންމެ ދިވެއްސަކަށް ވެސް  އަމިއްލަ މިނިވަންކަމާއެކު އެމީހަކު ބޭނުންކަމެއްކޮށް އުޅުމުގެ ހައްގު އޮންނާނެކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: