ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހާފިޒުންނަށް ދޭ އެލަވެންސް އަންނަ އަހަރު އިތުރުކުރަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ޤުރުއާން ހިތުދަސްކޮށްފައިވާ ފަރާތްތަކަށް (ޙާފިޡުންނަށް) ދެވޭ އިނާޔަތް އަންނަ އަހަރު އިތުރުކުރުމަށް ނިންމާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީގައި މިނިސްޓަރު ވަނީ އެ ވުޒާރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްޞީލީ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން، ކީރިތި ޤުރުއާނުގެ ޢިލްމަށް އިސްކަންދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ އަމާޒެއް ކަމަށާއި، މިހާތަނަށް 16 އަތޮޅެއްގައި ހިލޭސާބަހަށް ޤުރުއާން ކިޔަވައިދިނުން އިތުރުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މި އަހަރު 28 ޙާފިޡުން ތަމްރީނުކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޙާފިޡުންނަށް ދެވޭ އިނާޔަތް އިތުރުކުރުމަކީ އެ ވުޒާރާގެ އަމާޒެއް ކަމަށާއި، އަންނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މި އިނާޔަތް އިތުރުކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން، މިސްކިތްތަކުގެ ޙާލަތު ދެނެގަތުމަށްޓަކައި ޕޯޓަލެއް ޤާއިމުކުރުމަށް ނިންމާފައިވާ ކަމަށާއި، މިސްކިތްތަކަށް ދެ އިމާމުން ޢައްޔަންކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިހާތަނަށް މާލެ ސިޓީގެ ދެ މަރުކަޒާއި، ކިންގް ސަލްމާން މިސްކިތުގެ އިތުރުން، ހުޅުމާލޭ ބޮޑު މިސްކިތާއި މާލޭގެ ފުރުޤާން މިސްކިތުގައި ދެ އިމާމުން ޙަރަކާތްތެރިވާނެ ކަމުގެ މަޢުލޫމާތު ދެއްވާފައިވެއެވެ.

އަންނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އަތޮޅުތަކުގެ އިސްލާމީ މަރުކަޒުތަކުގައިވެސް ދެ އިމާމުން ޢައްޔަންކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި މަސައްކަތުގެ ތެރެއިން އިމާމުންނަށް ޢަރަބި ބަސް ކިޔަވައިދިނުމަށް ފަށާފައިވާ ކަމަށްވެސް ވަނީ ފާހަގަކުރައްވާފައެވެ.

މި ބޭފުޅުން އަދާކުރާނެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އިމާމުކަމުގެ އިތުރުން، ދަރުސް ދިނުމާއި ދީނީ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: