ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިސްރާބު ހުރީ ވާރުތަ މުދަލުންނާއި ކައްވަޅުންވެސް ޓެކްސް ނެގުމާއި ދިމާލަށް: މައުރޫފް

މެމްބަރު މައުރޫފް: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

2025 ވަނަ އަހަރުގެ ބަޖެޓުގެ މިސްރާބު ހުރީ ވާރުތަ މުދަލުންނާއި ކައްވަޅުންވެސް ޓެކްސް ނެގުމާއި ދިމާލަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޛާކިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި 2025 ވަނަ އަހަރުގެ ބަޖެޓާއި ގުޅޭގޮތުން ވާޙަކަދައްކަވަމުން މެމްބަރު މައުރޫފްވަނީ ފުރަތަމަ ކަމެއްގެ ގޮތުގައި ދާދި ފަހުން ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ކުށްވެރިކުރައްވާކަން ފާހަގަކުރައްވާފައެވެ. މެމްބަރު ވިދާޅުވީ، އެ އިސްލާހު ގެނެވުނީ ގާނޫނުއަސާސީ އެކުލަވާލާފައިވާ ރޫހާއި ހިލާފަށް ކަމަށް ގަބޫލުކުރައްވާކަމަށެވެ.

މައުރޫފް ވިދާޅުވީ، ބަޖެޓު ކޮމިޓީގެ ރިޕޯޓަށް ބަލާލާއިރު މަޖިލީހަށް ހުށައެޅިފައިވާ އަންދާޒީ އަދަދަށް ބަދަލުތަކެއް އައިސްފައިނުވާކަން ފާހަގަކުރެވޭކަމަށާއި ބަޖެޓު ބަހުސްގެ ތެރެއިން މަޖިލީހުގެ މެމްބަރުން ފާޅުކުރައްވާފައިވާ ކަންބޮޑުވުންތަކަށް ރިއާޔަތްކުރެވި އެއްވެސް ބަދަލެއް ގެނެވިފައިނުވާކަމަށެވެ. މެމްބަރު ވިދާޅުވީ، އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ އަންދާޒާކުރިއިރު އެ އަދަދުތަކަށްވެސް ބަދަލެއް އައިސްފައިނުވާކަމަށާއި 2025 ވަނަ އަހަރުގެ ބަޖެޓަކީ ރާއްޖޭގެ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމުގެ ގޮތުން އެއްވެސް ކަމެއް ހިމެނިފައިވާ ބަޖެޓެއްގެ ގޮތުގައި ފެނިގެން ނުދާކަމަށް ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން ކުރަމުން އައި ޕޭހާމަނައިޒޭޝަން މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ކަނޑައެޅި އެ މަސައްކަތްތައް ނުކުރެވި ހުރި ދާއިރާތަކުގެ ޕޭހާމަނައިޒޭޝަން މަސައްކަތްތައް ބަޖެޓުކުރެވިފައިވާކަމަށާއި އާމްދަނީ ހޯދުމުގެ ގޮތުން ހިމަނާފައި ހުރި ކަންކަމަށް ބަލާއިރު ބިން ހިއްކުމުގެ މަސައްކަތްތަކުގައި ބޭނުންކުރާ ވެލިން ޓެކްސް ނެގުން ފަދަ ކަންކަން ހުރިކަން ފެނިގެންދާކަމަށެވެ.

އެހެންކަމުން ބަޖެޓުގެ ކަންކަމަށް ބެލުމުން މިސްރާބު ހުރީ ވާރުތަ މުދަލުންނާއި ކައްވަޅުންވެސް ޓެކްސް ނެގުމާއި ދިމާލަށްކަމަށް ދެކިވަޑައިގަންނަވާކަމަށާއި މުސްތަގުބަލުގައި އެކަންކަން ފެށިގެންދިއުމުގެ ފުރުސަތު އޮތުމުން ކަންބޮޑުވެވަޑައިގަންނަވާކަމަށެވެ.

ވަރަށް ގަދަ
13%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 88%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: