ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކްލިކް ކޮމްޕިއުޓަރސްއިން ރެޑް ލޮޔަލްޓީގެ ނަމުގައި ޕްރޮގްރާމެއް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކްލިކް ކޮމްޕިއުޓަރސްއިން ”ރެޑް ލޯޔަލްޓީ“ ޕްރޮގްރާމެއް ފަށައިފިއެވެ.

ކްލިކް ކޮމްޕިއުޓަރސްއިން އައިޓަމެއް ގަތުމަށްފަހު ކަސްޓަމަރުގެ ފޯނު ނަމްބަރުން މި ޕްރޮގްރާމްގައި ރަޖިސްޓަރ ކޮށްލެވޭނެއެވެ. އަދި ގަންނަ ކޮންމެ އައިޓަމެއްގެ 2 އިންސައްތަ ޕޮއިންޓުގެ ގޮތުގައި ބަލައިގަނެވޭއިރު ކޮންމެ ޕޮއިންޓަކީ 1 ރުފިޔާއެވެ.

މި ޕްރޮގްރާމްގެ ދަށުން ލިބޭ ޕޮއިންޓުތަކުން ކްލިކްގެ އަގުހުރި އައިޓަމްތައް ގެނެވޭނެއެވެ. ކޮންމެ އައިޓަމެއްވެސް ގަނެވޭނީ މަދުވެގެން 500 ޕޮއިންޓު ލިބުމާއެކުއެވެ. އަދި އެ ޕޮއިންޓުތައް ބޭނުންކުރެވެން ފެށޭނީ 6 މަސް ފަހުން ކަމަށް ކްލިކުން ވަނީ ބުނެފައެވެ.

ތަކެތި ގަތުމަށްޓަކައި ބޭނުންކުރެވޭނީ އެ ކަސްޓަމަރެއްގެ އަތުގައި ހުރި ޕޮއިންޓުގެ ދެބައިކުޅަ އެއްބަޔެއެވެ. އަދި ކަސްޓަމަރަކަށް ލިބިފައިހުރި ޕޮއިންޓުތަކުގެ ޖުމްލަ ބެލުމަށްޓަކައި my.ewity.com އަށް ޒިޔާރާތްކޮށް އެ ކަސްޓަމަރެއްގެ ރެޖިސްޓަރ ކޮށްފައިވާ ނަމްބަރު ޖެހުމުން ޖުމްލަ ޕޮއިންޓުތައް ބަލާލެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: