ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2023 ގެ ބަޖެޓުގައި ޕްރޮޖެކްޓު ހިންގަން ދެލައްކަ ރުފިޔާ ވެސް ޖަހާފައި ހުރި: މުއްތަލިބު

ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރުގެ ބަޖެޓު ތައްޔާރު ކުރުމުގައި ވެސް ބޮޑެތި ގޯސްތަކެއް ހަދައި، ކޮންމެ ރަށަކަށް ލައްކައިގެ އަދަދުތަކުން މަޝްރޫއުތަކަށް ފައިސާ ބަޖެޓުކޮށްފައިވާކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކޮންސްޓްރަކްޝަން މިނިސްޓަރ މުއްތަލިބު ހާޒިރު ކުރުމުން، މެމްބަރުން ވަނީ ދާއިރާގެ އެކި މަޝްރޫއުތަކާއި ގުޅޭ ގޮތުން ސުވާލުކޮށްފަ އެވެ. އަދި މިނިސްޓްރީއާއި ހަވާލުކޮށްފައި ހުރި އެކި ޕްރޮޖެކްޓުތަކުގެ ތަފްސީލަށް މެމްބަރުން އެދުނެވެ.

މެމްބަރުންގެ ސުވާލުތަކަށް މުއްތަލިބު މިއަދު ވިދާޅުވީ ކޮންސްޓްރަކްޝަން މިނިސްޓްރީގައި އެކަނި ވެސް 39 ބިލިއަން ރުފިޔާގެ އެކި މަޝްރޫއުތަކުގައި ސޮއިކޮށްފައިވާކަމަށެވެ. ދައުލަތުގެ އާމްދަނީގެ ގޮތުގައި އަހަރެއްގެ މައްޗަށް ލިބޭ އަދަދު ވެސް 39 ބިލިއަނަށް ނާރާއިރު މިއީ ބަޖެޓުގެ ތެރެއިން ކުރެވެން ހުރި މަސައްކަތެއް ނޫންކަމަށް މުއްތަލިބު ވިދާޅުވި އެވެ.

މުއްތަލިބު ވިދާޅުވީ ރިޔާސީ އިންތިހާބުގެ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ތަފްސީލަށް ބެލުމުން، ރަށްތަކަށް ކުދިކުދި އަދަދުތައް ޖަހައި މަޝްރޫއުތައް ކުރިޔަށް ގެންދަން ހިމަނާފައި ހުރިކަން ފެންނާނެކަމަށެވެ. ރަށުގެ ޕްރޮޖެކްޓުތަކަށް ލައްކައިން އަދަދުތައް ޖަހެމުން މަޝްރޫއުތައް ކުރިޔަށް ގެންދެވޭނެ ގޮތަކާއި މެދު ސުވާލު އުފައްދައި މުއްތަލިބު ފާހަގަކުރެއްވީ އަންރިއަލިސްޓިކް އަދަދުތައް ބަޖެޓުގައި ޖަހާފައި ހުރުމެވެ.

އެހެންވީމަ ކިހިނެއްތޯ އަޅުގަނޑުމެން 39 ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގާނީ.. އަޅުގަނޑަށް ހީވަނީ މެމްބަރުންނާއި ރައްޔިތުން ވެސް ވިސްނާލަން ޖެހޭކަމެއްހެން މިއީ.. 2023 ވަނަ އަހަރު ވަރަށް ގިނަ މަޝްރޫއުތައް ސޮއިކޮށް ފަށާފައި އެބަހުއްޓޭ.. އެއިކީ ދައުލަތުގެ ބަޖެޓުގެ ތެރެއިން ހަރަދު ކުރެވޭނެ ވަރެއް ނޫނޭ…

މި ހުރިހާ މައްސަލަތަކަށް ބަލައި އަންނަ އަހަރުގެ ބަޖެޓު ތައްޔާރުކޮށްފައި ވަނީ މުއްތަލިބު ވިދާޅުވި ގޮތުގައި މަޝްރޫއުތައް ނުހުއްޓި ކުރިޔަށް ގެންދެވޭނެ ގޮތަކަށެވެ. މިއީ ހަމައެކަނި ޖަހާލާ އަދަދުތަކެއް ނޫންކަމަށާއި، ރަނގަޅަށް ދިރާސާ ކުރެވި މަސައްކަތް ކުރިޔަށް ގެންދެވޭ ވަރަށް ފައިސާ ބަޖެޓުކޮށްފައިވާނެކަމަށް މުއްތަލިބު ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުށަހެޅި އެ ބަޖެޓު ފާސް ކުރީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުންނެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ވަނީ މަޝްރޫއުތަކަށް ބޭނުންވާ ފައިސާގެ އަދަދުތަކެއް ހުށަހެޅި ނަމަވެސް 19 ވަނަ މަޖިލީހުން އެ މަޝްރޫއުތައް އުނި ކުރީ އެވެ.

ބަޖެޓުގެ ދަތިކަމާއި ހުރެ މަޝްރޫއުތައް ކުރިޔަށް ނުގެންދެވޭކަމަށް ރައީސް މުއިއްޒު ވެސް ވިދާޅުވި އެވެ. އަދި އެ ވާހަކަތައް ތަކުރާރު ކުރައްވައި މަޖިލީހުގެ މިއަދުގެ ޖަލްސާގައި މުއްތަލުބު ވިދާޅުވީ މިދިޔަ ސަރުކާރުގައި މަޝްރޫއުތަކެއް އިއުލާނު ކުރުމަށް ފަހު ގިނަ ޕްރޮޖެކްޓުތައް އޮތީ ހުއްޓިފައިކަމަށެވެ.

އެގޮތުން ފެނަކަ ކޯޕަރޭޝަނާއި ހާވަލު ކުރި މަޝްރޫއުތައް، ހުއްޓި ފައިސާ ނުދެވި ހުރިކަން ވެސް މުއްތަލިބު ފާހަގަކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: