ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލެޓް އިވެލުއޭޝަން މަސައްކަތަށް މަޖިލިސް މެމްބަރުންގެ ނުފޫޒެއް ނުވައްނާނެ: މުޞްޠަފާ

މުހައްމަދު މުސްތަފާ އިބްރާހިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ގެދޮރުވެރިޔާ ސްކީމްގެ ރީ-އިވެލުއޭޝަނުގެ މަސައްކަތަށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ނުފޫޒެއް ނުވައްނާނެ ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރ މުޙައްމަދު މުސްޠަފާ އިބްރާހީމް ވިދާޅުވެއްޖެއެވެ.

“ ގެދޮރުވެރިޔާ “ ސްކީމްއާއި ގުޅިގެން އެކި ފަރާތްތަކުން އާންމުންގެ ހިތްތަކުގައި ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއާއި މެދު ނުބައި ތަސައްވުރެއް އުފެދޭގޮތަށް ޙަޤީޤަތާއި ޙިލާފު ވާޙަކަތަކެއް މީސްމީޑިއާގައި ފަތުރުަމުންދާތީ އެކަމާއި ގުޅިގެން އެ ވުޒާރާއިން ވަނީ ބަޔާނެއް ނެރެފައެވެ. މިކަމާއި ގުޅޭ ގޮތުން ސަންގުޓީވީގެ “ ޙަބަރަށްފަހު “ ޕްރޮގުރާމްގައި ވާހަކަފުޅު ދައްކަވަމުން މެމްބަރ ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމްގެ ރީ-އިވެލުއޭޝަނާއި ގުޅިގެން މަޖިލިހުގެ މެމްބަރުންނަށް ރައީސް ހާއްސަ އިރުޝާދެއް ދެއްވައިފައިވާ ކަމަށެވެ.

“ ރައީސް އަޅުގަނޑުމެންނަށް ދެއްވި ހަމަ ޑައިރެޓް އިންސްޓްރަކްޝަންއެއް ދެއްވި، ރައީސް އަޅުގަނޑުމެންނަށް ދެއްވި ފްލެޓް ކަންތަކުގައި އެ އިވެލުއޭޝަން ކުރިއަށް ދާއިރުގައި މަޖިލިސް އެއްވެސް މެމްބަރެއް ނުފޫޒެއް އެއަށް ގެއްނާކަށް ތިމަން ގެންނާކައް ބޭނުމެއް ނުވޭ“ މެމްބަރ ވިދާޅިުވިއެވެ.

މީގެ އިތުރުން، ފްލެޓް އިވެލުއޭޝަނުގެ މަސައްކަތަށް އެއްވެސް މަޖިލިސް މެމްބަރެއްގެ ނުފޫޒެއް ގެންނަަން ބޭނުން ނުވާ ކަމަށާއި އަދި އެކަމަށް ފުރުސަތެއް ނޯންނާނެ ކަމަށް ރައީސް ވިދާވެފައިވާ ކަމަށް މެމްބަރ ފާހަގަކުރެއްވިއެވެ. ގެދޮރުވެރިޔާ ސްކީމްގެ ރީ-އިވެލުއޭޝަންގެ މަސައްކަތަށް ސިޔާސީ މުވައްޒަފުންގެ ނުފޫޒު ވަދެފައިވާ ކަމަށް ބައެއް ފަރާތްތަކުން ދައްކާފައިވީ ނަމަވެސް މަޖިލިހުގެ މެމްބަރުން ނާއި އަދި އެއްވެސް ފަރާތެއްގެ ނުފޫޒު ވަނުމަށް ފުރުސަތު ލިބިގެން ނުދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

“ ކޮންމެ މެމްބަރެއްގެ ދާއިރާއަށް 20 ފުލެޓުން 20 ފުލެޓުން އަޅާފައިހުރިކަން އަޅުގަނޑުމެންނަށް މިހާރުވެސް ފެންނާނެ، އެހެންމަ އެ ބޭފުޅުންނަށް ހީވަނީ ކަންނޭގެ މިހާރުވެސް އެކަން ކުރައްވާނީ އެގޮތަށް ށޭ“ މެމްބަރ ވިދާޅުވިއެވެ.

މެމްބަރ ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމްގެ މަސައްކަތް ކުރިއަށް ގެންދަނީ ބެލުންތެރިކަމާއެކު ކަމަށާއި ބޭނުންވާ މައުލޫމާތު އެއްކޮށް ސާފުކުރައްވައި އެކަމުގެ ހައްޤުވެރިންނަށް ފުލެޓް ހޯދައިދެން މަސައްކަތް ކުރައްވައި ކަމަށެވެ. މީގެ ކުރިން ފްލެޓްތައް ދޫކޮށްފައިވާ ގޮތަށް ބަލާއިރު، ކޮންމެ މަޖިލިސް މެމްބަރަކަށް ފްލެޓް ދީފައިވާ ކަމަށާއި އަދި މިހާރުވެސް އެކަން ވަރަށް ސާފުކޮށް ފެންނަން ހުންނާނެ ކަމަށް މެމްބަރ ވިދާޅުވިއެވެ. އެހެން ނަމަވެސް އަދުގެ ސަރުކާރުން ބޭނުންވަނީ ފްލްޓްތަކުގެ ހައްޤުވެރިންނަަށް ދިނުމަށް ކަމަށް މެމްބަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: