ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤާނޫނުއަސާސީއަށް ހުށަހެޅި އިސްލާޙު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފި

ދިވެހިރާއްޖޭގެ ސުޕްރީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލިސް މެމްބަރުން މަޖިިލީހުގައި ތަމްސީލުކުރާ ސިޔާސީ ޕާޓީ ބަދަލު ކުރުމުން އެ މެމްބަރުންގެ ގޮނޑި ގެއްލޭގޮތަށް ޤާނޫނުއަސާސީއަށް ގެނައި އިސްލާޙު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފިއެވެ.

މި މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލް އަލީ ހުސެއިންއެވެ. މި މައްސަލައިގެ ތެރެއަށް ތަދަހުއްލުވުމަށް އެމްޑީޕީ އާއި ޑިމޮކްރެޓްސް ޕާޓީން ވަނީ ހުށަހަޅައިފަ އެވެ.

މައްސަލައިގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް 6 ވަނަ އިސްލާހު ގެނެސްފައިވަނީ ގާނޫނުއަސާސީގެ 4، 8، 26، 75 އަދި 90 ވަނަ މާއްދާއާހިލާފަށް އަދި ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާވެސް ހިލާފަށް ކަމަށެވެ. އެހެންކަމުން މިއީ ދުސްތޫރީ ބާރުވެރިކަން ލިބިގެން ނުވާ ބާތިލު އިސްލާޙެއްކަމަށް ކަނޑައަޅުއްވައިދެއްވުމަށް ވަނީ އެދިފައެވެ.

އޭގެ އިތުރުން، އެ ޤާނޫނަކީ ރިޔާސީ ނިޒާމު ގަޑުބަޑުވެގެންދާގޮތަށް އެކުލަވާލާފައިވާ ޤާނޫނެއްކަމަށްވެސް މައްސަލައިގައި ބުނެފައިވެއެވެ.

ޤާނޫނަށް ގެނެސްފައިވާ މި އިސްލާޙަށް އަމަލު ކުރެވެމުންދާ މުއްދަތުގައިވެސް މި އިސްލާޙަކީ މިހާރު މަޖިލީހަށް އިންތިޚާބުވެފައިވާ މެމްބަރުންގެ މައްޗަށް ރަޖުއީކޮށް ތަތުބީޤު ކުރެވޭނެ (ފަހުން ހަދާ ޤާނޫނެއް ކުރިން ހިނގި ކަމެއްގެ މައްޗަށް ހިންގޭގޮތަށް އޮތުން) އިސްލާޙެއް ނޫންކަމަށް ކަނޑައަޅުއްވައިދެއްވުމަށްވެސް އަލީ ހުސައިން ހުށަހެޅުއްވި މި މައްސަލައިގައި އެދިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: