ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޭސްކާރު އެކްސިޑެންޓު: އިކްރާމުއްރަޙްމާން ބަންދުން ދޫކޮށްލައިފި

ހ ނޫރަންމާގެއާގެ އިކްރާމުއްރަޙްމާން
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޖުލައި މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ދައުވާ އުފުލައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ހ ނޫރަންމާގެއާގެ އިކްރާމުއްރަޙްމާން ބަންދުން ދޫކޮށްލައިފިއެވެ.

އޭނާ ބަންދުން ދޫކޮށްލާފައިވަނީ ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައެވެ.

ބަންދު މުރާޖައާގައި ދެފަރާތުން ދައްކާފައިވާ ވާހަކަ:  

އޭނާގެ ވަކީލު ވިދާޅުވީ، އޭނާއަކީ އެ ދުވަހު އާއިލާ މީހެއްގެ ގެއަށް ދިއުމަށް ފަސިންޖަރެއްގެ ގޮތުގައި ކާރަށް އެރި މީހެއް ކަމަށާއި، އޭނާ އިނީވެސް ކާރުގެ ފަހަތު ސީޓުގައި ކަމަށެވެ. އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރީ ހަގީގަތުގައި ކަންވީ ގޮތާ ޚިލާފަށް ހުރި މައުލޫމާތުތަކެއްގެ މައްޗަށްކަމަށްވެސް އޭނާގެ ވަކީލު ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، އޭނާ ބަންދު ކުރުމަށް އަމުރު ކުރެއްވި ސަބަބުތައް ވަރަށް ސާފުކޮށް އަމުރުން ފެންނަން އެބަހުރި ކަމަށާއި، އޭރު ބަންދު ކުރަން އަމުރު ކުރެއްވި ސަބަބުތައް މިއަދުވެސް އެގޮތުގެ މަތިން އެބަހުރި ކަމަށެވެ. އެހެންކަމުން އެ އަމުރަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ވަކީލު ވިދާޅުވިއެވެ.

އަދި މި މައްސަލައާ ގުޅޭ އިތުރު ތަހުގީގުތައް މިހާރުވެސް ކުރިއަށްދާ ކަމަށާއި، އޭނާ ފުރަތަމަ ފުލުހަށް ހާޒިިރުކުރަން ޖެހުނީވެސް ހައްޔަރުކޮށްގެންކަން ދައުލަތުގެ ވަކީލު ފާހަގަ ކުރެއްވިއެވެ. އެހެންކަމުން އޭނާ ފިލައިގެން ދިއުމުގެ އިހުތިމާލު އޮތްކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އެހެންނަމަވެސް މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތާއި، މިހާރު ހުށަހެޅިފައިވާ ހެކިތަކަށް ބަލާއިރު، މުޖުތަމައުގެ އެހެން މީހަކަށް އޭނާގެ ފަރާތުން ނުރައްކަލެއް އޮތްކަމަށް ދެކިނުލައްވާ ކަމަށާއި، ކުށުގެ އަމަލު ހިނގި ތަނުން ގޮސްފައިވުމަކީ ކޯޓަށް ހާޒިރުނުވެ ފިލާފާނެ ސަބަބެއްކަމަށް ދެކިނުލައްވާކަމަށް ގާޒީ ވިދާޅުވިއެވެ.

އެހެންކަމުން ގާޒީ ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ނިންމި ނިންމުން ބާތިލުކުރައްވާފައެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: