ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަމްރުލް އިސްލާމަށް އިއްވާފައިވާ މަރުގެ ޙުކުމުގެ އިސްތިއުނާފާ މެދު ގޮތެއް ނިންމުން ދެން އޮންނަ އަޑުއެހުމެއްގައި

ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

26 ނޮވެންބަރު 2012 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މުނީރުލް އިސްލާމް މާލޭގައި އޭނާ ދިރިއުޅެމުން އައި އެޕާޓްމަންޓުގައި މަރާލާފައިވާ މައްސަލައިގެ އިސްތިއުނާފު އަޑުއެހުމެއް ބުދަ ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މައްސަލައިގައި ކަން ހިނގި ގޮތް:

މި މައްސަލައާ ގުޅި ގެން ތަޙުޤީޤުކުރާ ފަރާތުން ހޯދި ވީޑިއޯ ފުޓޭޖްތަކާއި މުނީރުލް އިސްލާމް ގެ ފޯނުގެ ކޯލް ޑީޓެއިލްސް އަށް ބަލައި މުނީރުލް އިސްލާމް މަރާލިކަމުގެ ތުހުމަތުކުރެވުނީ ބަންދްލަދޭޝް ރައްޔިތެއްކަމަށްވާ ކަމްރުލް އިސްލާމް އަށެވެ.

ކަމްރުލް އިސްލާމް މައްސަލައިގެ ތަޙްޤީޤުގައި މުނީރުލް އިސްލާމް މަރާލިކަމަށް އިޢުތިރާފެވެފައިވެއެވެ. ނަމަވެސް އޭނާގެ މައްޗަށް ދައުވާ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.

ކްރިމިނަލް ކޯޓުން ކުރި ޙުކުމުގައި ބުނެފައިވަނީ، މުނީރުލް އިސްލާމް މަރާލަން ބޭނުންކުރި ރީނދޫ މުއްގަނޑުލީ ވަޅިއާއި، އެދުވަހު ލައިގެން ހުރި ގަމީސް ޓ-ީޖެޓީ ސަރަޙައްދަށް އެއްލާލާފައިވާކަމަށް ކަމްރުލް އިސްލާމް ތަޙްޤީޤު މަރުޙަލާގައި ބުނުމުން އެތަކެތި އެސަރަޙައްދުން ހޯދުމަށް ފުލުހުން މަސައްކަތް ކުރި ކަމަށެވެ. އަދި އެ މަސައްކަތުން ވަޅިއަކާއި ގަމީހެއް އެސަރަޙައްދުން ފެނިފައިވާކަން ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން އެނގެން އޮތް ނަމަވެސް، މިތަކެތިން އެއްވެސް ކަހަލަ މާއްދީ ހެއްކެއް ލިބިފައިނުވާކަން އެނގެން އޮންނަ ކަމަށް ޙުކުމުގައިވެއެވެ.

އޭގެ އިތުރުން، ކަމްރުލް އިސްލާމް މިމައްސަލައިގައި ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި ކިޔާދީފައި ހުރިކަންކަން ޝަރީޢަތަށް ސާބިތު ކޮށްދިނުމަށްޓަކައި ދައުލަތުން ހެކި ހުށަހަޅާފައިވީނަމަވެސް، ދަޢުވާލިބޭ ފަރާތާއި ކުށުގެ ޢަމަލާ ގުޅުވާލެވޭފަދަ ވަރުގަދަ ހެއްކެއް ނުވަތަ ޤަރީނާއެއްވެސް ދައުލަތުން ހުށަހަޅާފައިނުވާކަމަށް ޙުކުމުގައިވެއެވެ.

އެހެންނަމަވެސް ހައިކޯޓުން ނިންމީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. ހައިކޯޓުން ވަނީ އޭނާގެ ކިބައިން މަރުގެ ދިޔަ ނެގުމަށް ޙުކުމްކޮށް، 133،333.33 (އެއްލައްކަ ތެއްތިރީސް ހާސް ތިންސަތޭކަ ތިރީސް ތިން ރުުފިޔާ ތެއްތިރީސް ލާރި) މަރުގެ ދިޔައިގެ ގޮތުގައި ދެއްކުމަށް ޙުކުމްކޮށްފައެވެ.

ހައިކޯޓުގެ ނިންމުމުގައި ބުނެފައިވަނީ، ޤާތިލުގެ ކިބައިން ޤިޞާޞް ހިފުމާއ،ި ދިޔަ ދިނުމާ ދެގޮތުންކުރެ ގޮތެއް ވާރިޘުން ޚިޔާރުނުކޮށް ފަނޑިޔާރުން ގޮތެއް ނިންމަންޖެހޭ ގޮތަށް އޮތުމުން އެޙާލަތުގައި އުފެދިގެން އަންނަ ޝުބުހައިގެ މަންފާ ލިބިދޭންޖެހޭނީ ޤާތިލަށް ކަމަށް ބުރަވެވޭތީ، މި މައްސަލައިގައި ކަމްރުލް އިސްލާމްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުމުގެ ބަދަލުގައި ވާރިސުން އެދިފައިވާ ދެގޮތުގެ ތެރެއިން މަރުގެ ދިޔަ ނަގައިދޭން ނިންމާ ކަމަށެވެ.

މި މައްސަލައިގައި ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރީ ކަމްރުލް އިސްލާމްގެ ފަރާތުންނެވެ. ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި ފަނޑިޔާރުން ވަރަށް ގިނަ ސުވާލުތައް އަމާޒު ކުރެއްވިއެވެ.

އޭގެ ތެރޭގައި ތަހުގީގު މަރުޙަލާގައި އޭނާއަށް ވަކީލެއްގެ ފުރުސަތު ލިބިފައިވޭތޯ ސުވާލު ކުރައްވާފައިވެއެވެ. އަދި މި މައްސަލައިގައި ޤިޞާސް ހިފުމުގެ ބަދަލުގައި މަރުގެ ދިޔަ ނަގަން ހައިކޯޓުން ނިންމި ގޮތާ ގުޅޭގޮތުން އަމާޒުވި ސުވާލުތައްވެސް ހިމެނެއެވެ.

އެ ސުވާލުތަކަށް ތަފްސީލީ ގޮތެއްގައި ދައުލަތާއި ކަމްރުލް އިސްލާމްގެ ފަރާތުން ޖަވާބުދީފައިވެއެވެ.

އެގޮތުން ބަލާއިރު، ޤާނޫނީ ވަކީލެއްގެ ޙައްޤާއި ގުޅޭ ގޮތުން ކަމްރުލް އިސްލާމްގެ ފަރާތުން ކަންކުރަން އެދުނު ގޮތެއް އޭނާ ސޮއިކޮށްފައިވާ ތަޙްޤީޤު ބަޔާނަކުން ފެންނާކަށް ނެތެވެ. އަދި އެ ބަޔާން އެ ގޮތަށް ނެގެނީ ޤާނޫނީ ވަކީލެއްގެ ޙާޟިރުގައި ނޫންގޮތަކަށް އެ ބަޔާން ދިނުމަށް އޭނާ ރުހިގެންކަންވެސް އެ ބަޔާނުން އެނގޭކަށް ނެތެވެ.

އެހެންނަމަވެސް މި މައްސަލައިގައި ކަމްރުލް އިސްލާމްގެ ފަރާތުން ތަޙްޤީޤަގަށް ބަޔާން ދިނުމުގެ ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ އަށް ބެލުމުން ތަޙްޤީޤަށް ބަޔާން ނެގުމުގެ ކުރިން ކަމްރުލް އިސްލާމަށް ޤާނޫނީ ވަކީލެއްގެ ޙައްޤު ލިބިގެންވާކަން ފުލުހުންގެ ފަރާތުން އޭނާއަށް އެންގުމުން ދައުލަތުން ކަމްރުލް އިސްލާމަށް ޤާނޫނީ ވަކީލަކު ހަމަޖެހިދާނެތޯ ކަމްރުލް އިސްލާމް ފުލުހުންނާއި ސުވާލު ކުރާތަން ފެނެއެވެ. އަދި އެ ސުވާލުގެ ޖަވާބުގައި މި މައްސަލަ ތަޙްޤީޤު ކުރި ފުލުހުންގެ ފަރާތުން ބުނެފައިވަނ،ީ ތަޙްޤީޤު މަރުޙަލާގައި ދައުލަތުގެ ވަކީލަކު ހަމަ ޖެއްސޭނެ ގޮތެއް ނޯންނަކަމަށާއި މައްސަލަ ޝަރީޢަތަށް ދިއުމުން އެ ފުރުޞަތު ކަމްރުލް އިސްލާމަށް އޮންނާނެކަމަށެވެ.

އެ އިންޓަވިއު ރެކޯޑިންގ ބުދަ ދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި ސުޕްރީމް ކޯޓުގައިވެސް އިއްވާފައިވެއެވެ.

މި މަައްސަލައިގައި ދެން އޮންނާނީ ޙުކުމް ކުރެއްވުމަށް ބާއްވާ އަޑުއެހުމެކެވެ. ސުޕްރީމް ކޯޓުގައި މައްސަލަ ބައްލަވަނީ ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރު، ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު، ފަނޑިޔާރު ހުސްނުއުސުއޫދު އަދި ފަނޑިޔާރު ޑރ މުޙައްމަދު އިބްރާހިމްއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: