ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ ފަދަ ޕްރައިސް ސްޓެބިލިޓީއެއް އޮތް ގައުމެއްގައި، ފޮރިން އެކްސްޗޭންޖްގެ މާކެޓު ހިފަހައްޓަން ޖެހޭ: މުނައްވަރު

މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަނަރ އަހުމަދު މުނައްވަރު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެ ފަދަ ޕްރައިސް ސްޓެބިލިޓީއެއް އޮތް ގައުމެއްގައި، ފޮރިން އެކްސްޗޭންޖްގެ މާކެޓު ހިފަހައްޓަން ޖެހޭކަމަށް މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަނަރ އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

އެމްއެމްއޭ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުނައްވަރު ވިދާޅުވީ ފެށިގެން މިދިޔައީ 30 އަހަރުގެ ދިގު މުއްދަތުގެ ތެރޭގައި 1980 ގެ އަހަރުތަކަށް ފަހު މަނިތަރީ ގަވައިދު އިސްލާހުކޮށް ފޮރިން އެކްސްޗޭންޖް ބިލެއްގެ މަސައްކަތްކަމަށެވެ. މުނައްވަރު ވިދާޅުވީ އެމްއެމްއޭގެ އެންމެ މުހިންމު ފަންކްޝަނަކީ، އެމްއެމްއޭ އެކްޓުގެ ތެރެއިން އަންނަ ޕްރައިސް ސްޓެބިލިޓީ ކަމަށެވެ.

މުނައްވަރު ވިދާޅުވީ ދިވެހިރާއްޖެ ފަދަ ޕްރައިސް ސްޓެބިލިޓީއެއް އޮތް ގައުމެއްގައި، ފޮރިން އެކްސްޗޭންޖްގެ މާކެޓު ހިފަހައްޓަން ޖެހޭކަމަށެވެ. އަދި އެމްއެމްއޭގެ އިންޓަވެންޝަން ޕޮލިސީއަށް ގެންނަނީ ވަރަށް ބޮޑަށް ސަރުކާރުގެ ފައިނޭންސިންއަށް ބަރޯސާވެގެންކަން ފާހަގަކުރެއްވި އެވެ.

ޕްރައިސް ސްޓެބިލިޓީއަކީ މަނިޓަރީއާއި ފިސްކަލް ޕޮލިސީގެ އަމާޒެވެ. އެމްއެމްއޭގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ތެރޭގައި ދެމެހެއްޓެނިވި އިގްތިސާދީ ކުރިއެރުމަށް މަގުފަހިވާ ގޮތެއްގައި ޕްރައިސް ސްޓެބިލިޓީ ދެމެހެއްޓުމާއި، މި މަގްސަދު ހާސިލުކުރުމާއެކު ފައިނޭންޝަލް ސްޓެބިލިޓީ ދެމެހެއްޓުމުގެ ޒިންމާތައް މި ހިމަނާފައިވެއެވެ. އަދި ރާއްޖޭގެ އިގްތިސާދީ ހަމަޖެހުމާއި ކުރިއެރުން ގެނައުމަށް ސަރުކާރަށް އެހީތެރިވުން ވެސް އެމްއެމްއޭގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި މި ބިލުގައި ހިމަނާފައިވެއެވެ.

އެހެންވީމަ މާނައަކީ 30 އަހަރުވެގެން ދިޔައިރު ވެސް އަޅުގަނޑުމެން ރިޒާވް އެކްޑިވް ޕޮލިސީއެއްގެ ގޮތުގައި ނެތް.. ވަރަށް ބޮޑަށް ޕެސިވް ޕޮލިސީއެއްގެ ގޮތުގައި މި އިންނަނީ.. އެހެންވީމަ މައިގަނޑު އެއްކަމަކަށް ބަދަލުވެގެން މި ދަނީ.. އެމްއެމްއޭ އެކްޓިވްލީކޮށް އަޅުގަނޑުމެންގެ ގާނޫނީ ޒިންމާއެއްގެ ގޮތުގައި އަދާކުރުމަށް އަޅުގަނޑުމެންގެ ރިޒާވްއެއްގެ ގޮތުގައި ބިލްޑު ކުރުމުގެ މަސައްކަތް..

މިއީ ރާއްޖޭގައި އަލަށް އަމަލު ކުރާ ނިޒާމެއް ނަމަވެސް، މުނައްވަރު ވިދާޅުވީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް މި އުސޫލަށް އަމަލު ކުރާކަމަށެވެ. މުނައްވަރު ވިދާޅުވީ އެންމެ ފަހުން އާރުބީއައިގައި އޮތް ހައިލެވެލް ބައްދަލުވުމުގައި ރާއްޖޭގެ ރިޒާވްގެ އަދަދުތަކާއި ބެހޭ ގޮތުން ވާހަކަ ދެއްކުމުން، 04 ބިލިއަން ޑޮލަރު ވަންނަ އިންޑަސްޓްރީއެއް އޮތްއިރު ރާއްޖޭގެ ރިޒާވް ކުޑަވުމުން ސުވާލުތައް އައިކަމަށެވެ.

މިއީ އަޅުގަނޑުމެން ކައިރީ އަހާ ސުވާލަކީ.. މިއީ ހަމައެކަނި އެބޭފުޅުން އަހާ ސުވާލެއް ނޫން.. އިންޓަނޭޝަނަލް އެކްސްޕާޓުން، އައިއެމްއެފް، ވޯލްޑް ބޭންކު ފަރާތުން ވެސް އަހަމުންދާ ސުވާލެއް މިއީ ހަގީގަތަކީ ކޮބައިތޯ.. ހަގީގަތަކީ އަޅުގަނޑުމެންގެ ފޮރިން އެކްސްޗޭންޖު ގާނޫނެއް ނެތުމުގެ ސަބަބުން އަޅުގަނޑުމެން އެމްއެމްއޭގެ އަތް މިއޮތީ ބަނދެވިފައި..

ގާނޫނެއް ނެތުމުން ދިމާވާ ދަތިތައް ފާހަގަކޮށް މުނައްވަރު ވިދާޅުވީ މަސައްކަތް އަވަސް ކުރަން ޖެހުނީ ބޭންކުތަކަށް ޑޮލަރު ވަންނަ މިންވަރު ވަރަށް ބޮޑުތަނުން ދަށްވެފައިވާތީ އެވެ. ފަތުރުވެރިކަމުން ސީދާ ވަންނަނީ 03 އިންސައްތަކަމަށާއި، މުޅި ޖުމްލަ އެއްކުރުމުން އެއީ އެވްރެޖުކޮށް 10 އިންސައްތަ ވެސް ނުވަންނަކަމަށް މުނައްވަރު ވިދާޅުވި އެވެ.

އެހެންވީމަ ބޭންކުތަކެއް ހަގީގަތުގައި ފަކްޝަނެއް ނުކުރޭ.. ދިވެހިންނަށް ދޭން ޖެހޭ ހިދުމަތްތަކާއި އަޅުގަނޑުމެންގެ ވިޔަފާރިތަކަށް ބޭނުން ކުރާ ހިދުމަތްތަކާއި މިކަން ކުރުމަށްޓަކައި ހަގީގަތުގައި ބޭންކިން ނިޒާމުގެ ތެރެއަށް ޑޮލަރު ނުވަންނަޏަކާ މިކަމެއް ނުވާނެ.. މީގަ ދެކަމެއް މި އޮންނަނީ އެއީ އިންފްލޯ ރަނގަޅު ކުރުން.. އެހެންވީމަ ކުރީގައި ހުރި ކޮވިޑުގެ ކުރިން ގާތްގަނޑަކަށް 70 އިންސައްތަ އެބައުޅޭ ވަދެފައި.. މިހާރުގެ އަދަދަކީ 58 އިންސައްތަ ގާތްގަނޑަކަށް.. މާރު ކުރާ އަދަދަކީ މިހާރު ގާތްގަނޑަކަށް 10.. ކޮވިޑުގެ ކުރިން އެބައުޅޭ 20 އިންސައްތައިގަ.. އެހެންވީމަ އަޅުގަނޑުމެން ފަށައި ކުރިޔަށް މިގެންދަނީ އަޅުގަނޑުމެންގެ ފޮރިން އެޗްސްޗޭންޖު މާކެޓުގައި މިހާރު ހުރި ލެވެލް ކުރިން ހުރި ލެވެލްއަށް ގެންދާން.

މުނައްވަރު ވިދާޅުވީ އެމްއެމްއޭއަކީ ފައިނޭޝިއަލް ސްޓެބިލިޓީގެ އިތުރުން، ފޮރިން އެކްސްޗޭންޖް މާކެޓް ސްޓެބިލިޓީއަށް ވެސް ގާނޫނުގެ ދަށުން ޒިންމާ މަތި ކުރާކަމަށެވެ. އެހެންކަމުން މިއީ ސީދާ އޭނާ ފެއްޓެވި މަސައްކަތެއް ނޫންކަމަށާއި ކުރީގެ ތިން ގަވަނަރުން ވެސް މަސައްކަތް ކުރެއްވިއިރު އެމްއެމްއޭގެ ގަވައިދު އިސްލާހު ކުރުމަށް އެންމެ ފުރަތަމަ އިއުލާނު ކުރައްވާފައި ވާނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ.

އޭރު ފުރަތަމަ ކަރުދާސް އެކުލަވާލިއިރު ލޯކަލް ކަރަންސީއަށް ހުރިހާ އެއްޗެއް ބަދަލު ކުރުމަށް މަޝްވަރާ ކުރެވުނުކަން މުނައްވަރު ވިދާޅުވި އެވެ. އަދި އޭރު އެކި ބޮޑެތި ބަދަލުތައް ގެނެވުނުކަން ވެސް ފާހަގަކުރެއްވި އެވެ. ރައީސް ނަޝީދުގެ ސަރުކާރުގައި ވެސް ބިލު ޑްރާފްޓު ކުރިކަމަށާއި އެކަމަކު އޭގެ ފަހުން މަސައްކަތް ކުރިޔަށް ނުގެންދެވި އޮތީކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: