ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިހުގެ ތިންވަނަ ދައުރު އަންނަ މަހަަށް ދަންމާލައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލިހުގެ ތިން ވަނަ ދައުރުގެ މުއްދަތު އިތުރުކޮށްފިއެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާގައި މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މަޖިލީހުގައި ނިންމުމަށް މުހިންމު މަސައްކަތްތަކެއް ހުރުމުގެ ސަބަބުން މަޖިލިހުގެ 3 ވަނަ ދައުރު އަންނަ މަހުގެ 15 ދުވަހާއި ހަމައަށް އިތުރު ކުރަން ބޭނުންވާ ކަމަށެވެ. އެގޮތުން މަޖިލިހުގެ ތިން ވަނަ ދައުރު ދަންމާލަން ފާސް ކުރީ 68 މެމްބަރުންގެ ވޯޓުންނެވެ. ދައުރު ފާސްކުރުމަށް ނުފެއްނަ ކަމަށް 11 މެމްބަރުން ވަނީ ވޯޓު ދެއްވައިފައެވެ.

ގާނޫނުއަސާސީގެ 83 ވަނަ މާއްދާގައިވާ ގޮތުން މަޖިލީހުގެ ޖަލްސާތައް އަހަރެއްގެ ތެރޭގައި ބެހިގެންދާނީ ތިން ދައުރުގެ މައްޗަށެވެ. ޤަވާއިދުގައި ބުނެފައި ވަނީ މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީން ފެށިގެން މޭ މަހުގެ 15 އާ ހަމައަށް ކަމަށެވެ. ދެވަނަ ދައުރު ހިނގާނީ ޖޫން މަހުން ފެށިގެން އޯގަސްޓު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ތިން ވަނަ ދައުރުގެ ފަހު ދުވަހަކީ ނޮވެމްބަރު 30 ވަނަ ދުވަހެވެ.

މިއަދު މަޖިލިހުގައި ކުރެވުނު މަސައްކަތައް ބާލާއިރު:

  1. 2025 ބަޖެޓު ފާސްކުރުން
  2. އާރބަން ޑިވެލޮޕްމެންޓް ބިލް ފާސްކުރުން
  3. ދައުލަތުގެ ދަރަނިއާއި ބެހޭ ބިލު ފާސްކުރުން
  4. ދައުލަތުގެ ފިޒްކަލް ޒިންމާގެ ބިލު ފާސްކުުރުން
  5. ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް އިސްލާހު ގެނެއުމުގެ ބިލު ބަލައިގަތުން ހިމެނެއެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: