ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއޭސީއެލްގެ ހަރަދުތައް ބޮޑުތަނުން ދަށަށް!

އެމްޑީ ޝަރީފް މަޖިލީހުގެ ކޮމިޓީގައި: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއޭސީއެލްއަށް ބޭނުންވާ ކަރަންޓު އުފެއްދުމުގެ މަސައްކަތްތަކުގެ ހަރަދު ކުޑަކުރެވިފައިވާކަމަށް އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި އެމްއޭސީއެލްގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއިމެދު މައުލޫމާތު ދެއްވަމުން އެމްޑީ ޝަރީފް ވިދާޅުވީ، ރާއްޖެއަށް ފަތުރުވެރިންގެ އަދަދުތައް އިތުރުވާ މިންވަރަކަށް ކުންފުނީގެ ވިޔަފާރި ރަނގަޅުވަމުންދާނެކަމަށާއި އެ ނަފާ އިތުރުކުރުމުގެ ގޮތުން އެހެން ފިޔަވަޅުތައްވެސް އަޅަމުންދާކަމަށެވެ.

އެގޮތުން ކުރަމުންދާ މައިގަނޑު މަސައްކަތަކީ ކުންފުނީގެ ހަރަދުތައް ކުޑަކުރުންކަން ފާހަގަކުރެއްވިއެވެ. ޝަރީފް ވިދާޅުވީ، މާލީ ހާލަތު ރަނގަޅުކުރުމުގެ ގޮތުން ރާވާފައިވާ ކަންތައްތަކުގެ ތެރޭގައި އެއަރޕޯޓަކީ މާލެ ނޫނީ އެންމެ ބޮޑަށް ކަރަންޓު ބޭނުންކުރާ އެއް ސަރަހައްދުކަމަށްވުމުން އެކަމުގެ ހޭދަތައް ކުޑަކުރުމުގެ ގޮތުން ފިޔަވަޅުތައް ތަންފީޒުކުރުން ހިމެނޭކަމަށެވެ.

އެމްޑީ ވިދާޅުވީ، އެއަރޕޯޓަށް 14 ނުވަތަ 16 މެގަވޮޓްގެ ކަރަންޓު ބޭނުންވާކަމަށާއި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު އެ މަސައްކަތްތައް ކުރުމަށްޓަކައި ބޭނުން ކުރަމުން އައިސްފައިވަނީ ވަރަށް ގިނަ ދުވަސްވެފައިވާ ކުދި ޖެނަރޭޓަރުތަކެއް ކަމަށެވެ. އެހެންކަމުން އެ މައްސަލައަށް ހައްލެއް ގެނައުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސް މިހާރު އައު ޖެނަރޭޓަރުތަކެއް ގެނެސްފައިވާއިރު ޖުމުލަ ހަކަތަ އުފެއްދުން އައު ޖެނެރޭޓަރުތަކަށް ބަދަލުކުރެވިފައިވާކަމަށެވެ.

ޝަރީފް ވިދާޅުވީ، އެކަމުގެ ސަބަބުން 12 މިލިއަން ރުފިޔާ ސަލާމަތްކުރެވިގެންދާކަމަށާއި އެއީ ޑީސަލްއަށް ކުރަމުން އައި ހަރަދުތައްކަން ހިއްސާކުރެއްވިއެވެ. އެމްޑީ ވިދާޅުވީ، އެމްއޭސީއެލްއަށް ބޭނުންވާ ފެންވެސް އެއަރޕޯޓުގައި އުފެއްދޭކަމަށާއި ތަން ފިނިކުރުމަށްޓަކައި ބޭނުންކުރަމުންދަނީ ޗިލާ ސިސްޓަމްތަކެއްކަމަށާއި ފެނުގެ ބޭނުން ކުރެވިގެންދާކަމަށެވެ. އެހެންކަމުން ބޭކާރުގެ ގޮތުގައި ފެން އިސްރާފުވެގެންދޭތޯ ބެލުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސް އެފަދަ ކަންކަން ހުއްޓާލުމުގެ ސަބަބުން 4.8 މިލިއަން ރުފިޔާ އާއި ގާތްކުރާ އަދަދެއް ހަރަދުން ސަލާމަތްކުރެވިފައިވާކަމަށެވެ.

އެމްޑީ ވިދާޅުވީ، އެމްއޭސީއެލްގައި 5000 އާއި ގާތްކުރާ އަދަދަކަށް މުއައްޒަފުން އުޅޭކަމަށާއި ކޮންމެ މޭޒެއްގައި ޕްރިންޓަރު ފަދަ ސާމާނު ހުންނާނެކަމަށެވެ. އެހެންކަމުން ސްޓޭޝަނަރީ އާއި ޓިޝޫ ފަދަ ތަކެތީގެ ބޭނުންކުރުން ޒިންމާދާރުގޮތެއްގެ މަތިން ބާރު އެޅުމުގެ ސަބަބުން ގާތްގަނޑަކަށް 2.4 މިލިއަން ސަލާމަތްކުރެވިގެންދާކަމަށެވެ.

ރާއްޖޭގެ މާލީ ހާލަތަށް ރިއާޔަތްކޮށްވެސް ކުންފުނީގެ ހިންގުން ހަރުދަނާކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން ގިނަ އަދަދެއްގެ މުއައްޒަފުންނަށް އެކި ޓްރެއިނިންގްތައް ކޮންމެހެންވެސް ދޭންޖެހޭކަމަށްވާއިރު ދަތުރުފަތުރުގެ ހަރަދުތައް ސަލާމަތްކުރުމުގެ ގޮތުން މިހާރު އަމަލުކުރާ އުސޫލުން ތަމްރީނުދޭ ފަރާތްތައް ރާއްޖެއަށް ގެނެވޭ ހާލަތުގައި އެގޮތުގެ މަތިން އަމަލުކުރުމަށް ކަނޑައަޅާފައިވާކަމަށާއި އެކަމުގެ ސަބަބުންވެސް ބޮޑު އަދަދެއް ސަލާމަތްކުރެވިގެންދާކަމަށެވެ. އަދި މި ނޫން އެހެނިހެން ގޮތް ގޮތުންވެސް ބޮޑެތި އަދަދުތަކުން ހަރަދުކުޑަކުރުމަށް ފަހިވެފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: