ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރު ފައިސާގެ ބިލަށް ހިޔާލު ހޯދަނީ، ރައްޔިތުން އެދޭ ގޮތަށް ސިޔާސަތު ބައްޓަން ކުރަން: މުފީދު

ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭރު ފައިސާއާއި ބެހޭ ބިލަށް ރައްޔިތުންގެ ހިޔާލަށް ހުޅުވާލީ ރައްޔިތުން އެދޭ ގޮތުގެ މަތިން ވެރިކަން ކުރެއްވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިންކަމަށް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދް އަބްދުލް ގާދިރު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ސަރުކާރުން ކުރަމުން ދާ މާލީ އިސްލާހުތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މުފީދު ވިދާޅުވީ، ބޭރު ފައިސާގެ ބިލުގެ މަސައްކަތްތައް ރައްޔިތުންގެ ހިޔާލަށް ހުޅުވާލާފައިވުމުގެ މާނައަކީ ރައްޔިތުންގެ ހިޔާލާއި އެއްގޮތަށް ރައީސް މުއިއްޒު ކަންކަން ކުރެއްވުންކަމަށެވެ. މެމްބަރު ވިދާޅުވީ، ރައީސް މުއިއްޒަކީ ދިވެހިންނާއި ރާއްޖެއިން ބޭރުގައި ތިބި ރައްޔިތުން ވެސް ޝާމިލުކޮށްގެން ކަންކަން ކުރިއަށް ގެންދަވަން ބޭނުންވެވަޑައިގަންނަވާ ރައީސްއެއްކަމަށެވެ.

މުފީދު ވިދާޅުވީ، އިސްލާހުތައް ގެނައުމުގެ މަސައްކަތްތަކުުގެ ތެރެއިން ރައީސް މުއިއްޒު މަޝްވަރާގެ އުސޫލުން ކަން ކުރެއްވުމަށް ކުރާ މަސައްކަތް ހުރިހާ އެންމެން ވެސް ބަލައިގަންނަކަމަށެވެ. އަދި މި އިސްލާހުތަކުގެ ސަބަބުން ބެންކުތައް މެދުވެރިވެގެން މާލީ މުއާމަލާތްތައް ކުރައްވާ ފަރާތްތަކަށް އެކަމުގެ ސަބަބުން ލުއިތައް ލިބިގެންދާނެކަމަށް ގަބޫލުކުރައްވާކަމަށް ވިދާޅުވި އެވެ.

މުފީދު ވިދާޅުވީ، ޑޮލަރުން ކުރަންޖެހޭ ކޮންމެ މުއާމަލާތެއް ނުވަތަ އިމްޕޯޓުކުރާ ކޮންމެ މުދަލަކާއިމެދުވެސް ކަނޑައެޅިފައިވާ އުސޫލުތަކާއި ގަވައިދު އަދި ގާނޫނުތަކުގެ މަތިން އަމަލުކުރުމުން ވަކި ވަކި ފަރުދުންނަށްވެސް މިކަމުގެ ސަބަބުން ނަފާތަކެއް ހުރިކަމަށް ދެކޭކަމަށެވެ. އަދި މިސާލެއްގެ ގޮތުގައި ރާއްޖެއިން ބޭރަށް ފުރާއިރު ކޮންމެ މީހަކަށްވެސް ކުރިއަށް އޮތްތަނުގައި 1000 ޑޮލަރު ލިބޭނެ މަގު ފަހިވެގެންދާނެކަން ރައީސް އިއުލާނުކުރެއްވުން ފާހަގަކުރެއްވިއެވެ.

މުފީދު ވިދާޅުވީ، އެއީ ލިބިގެންދާ ވަރަށް ބޮޑު ފައިދާއެއްކަމަށާއި ހަގީގަތުގައި ކަންކަން ބޮއްސުންލައި ގޯހުން ގޯހަށް ދަންދެން ގައުމުގެ ޒިންމާދާރު މީހުން ތިބެގެން ނުވާނެކަމަށެވެ. އަދި ކޮންމެ ފަރުދަކީ އެންމެ ވިސްނުން ތޫނު އެންމެ ބުއްދިވެރި މީހަކަށް ނުވެ ހިނގައިދާނެކަމަށްވުމުން ހެޔޮ ބުއްދި ހުރި ކޮންމެ ރައްޔިތަކުވެސް ގައުމަށް ލިބިގެންދާ ގެއްލުންތަކާއިމެދު ވިސްނާވަޑައިގަންނަވަން ޖެހޭނެކަމަށެވެ.

އެހެންކަމުން ބޭރު ފައިސާއާއި ބެހޭ ބިލުގެ ޑްރާފްޓެއް އެކުލަވާލުމަށްފަހު ރައްޔިތުންގެ ހިޔާލަށް ހުޅުވާލުމުން ރައީސް ޑރ މުއިއްޒު ރައްޔިތުން ދެކޭ ގޮތެއްގެ މަތިން ކަންކުރެއްވުމަށް ގެންގުޅުއްވާ ސިޔާސަތު ފެނިގެންދާ ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށެވެ. އަދި އެކަމަށް ހިތުގެ އެންމެ ފުންމިނުން މަރުހަބާ ދަންނަވާކަމަށާއި އެމަނިކުފާނު ހިޔާލަށް ހުޅުވާލުމަށް ނިންމެވީ މަޝްވަރާގެ އުސޫލުން ކަން ކުރެއްވުމަށް ހިއްސާކުރެއްވިއެވެ. އެގޮތުން ރިސޯޓުތަކުގެ ވެރިންގެ އިތުރުން މަސްލަހަތު ހިމެނޭ ފަރާތްތަކުގެ ހިޔާލު ހޯއްދެވުމަށްޓަކައި ހުޅުވާލިކަމަަށާއި ވެލާނާ އެއަރޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް 1000 ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެކަމަށް ރައީސް ވިދާޅުވިކަމަކީ މުހިންމު ވާހަކައެއްކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: