ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަކާތުގެ ފަންޑުން ފަލަސްތީނުގެ ރައްޔިތުންނަށް 1 ލައްކަ ޑޮލަރު އެހީއެއް!

ޒަކާތު ފަންޑުން ޤަތުރާއިއެކު ސޮއިކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން ފަލަސްތީނުގެ ރައްޔިތުންނަށް 1 ލައްކަ ޑޮލަރުގެ އެހީއެއް ދިނުމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސިން ބުނެފިއެވެ.

ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން ޣައްޒާގެ ރައްޔިތުންނަށް ހަދިޔާކުރުމަށް ނިންމާފައިވާ އެއްލައްކަ ޑޮލަރު، ޤަތަރު ރެޑް ކްރެސެންޓް ސޮސައިޓީއާއި ހަވާލުކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ޤަތަރު ރެޑް ކްރެސެންޓް ސޮސައިޓީއާއި ދެމެދު އެއްބަސް ވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައި ވަނީ އޮންލައިންކޮށެވެ.

މި އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރަގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޝަހީމް އަލީ ސާއިދެވެ. އަދި ޤަތަރު ރެޑްކްރިސެންޓް ސޮސައިޓީގެ ފަރާތުން ސޮއިކުރެއްވީ ސެކްރެޓަރީ ޖެނެރަލް ފައިސަލް މުޙައްމަދު އަލްއެމަދީއެވެ. މި ފައިސާ ހަވާލު ކުރުމަށް ހަމަ ޖެހިފައިވަނީ ދެ ޕޭމެންޓަަށް ބަހައިލައިގެންނެވެ. ޒަކާތު ހައުސްގެ ފަރާތުން ފޮނުވާ އެއް ލައްކަ ޑޮލަރު ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ޣައްޒާގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ޤަތަރު ރެޑްކްރެސެންޓް ސޮސައިޓީން ކުރިއަށް ގެންދާ މަޝްރޫއުއަށެވެ.

މިއީ ޒަކާތު ފަންޑުން ރާއްޖޭން ބޭރުގެ ފަރާތަށް އެހީތެރިކަން ފޯރުކޮށްދޭ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. ފަލަސްޠީނު ރައްޔިތުންނަށް އެހީވުމަކީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދެވޭ ކަމެކެވެ. ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ސަރުކާރާއި ރާއްޖޭގެ އެކި ޖަމިއްޔާތަކުން ދަނީ އަބަދުވެސް އެހީ ތެރިވަމުންނެވެ. އަދި ރައީސްވެސް ވަނީ ބައިނަލްއަޤްވާމީ ޕެލްޓް ފޯމްތަކުގައި ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި އަޑު އުފުލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: