ރައްޔިތުންގެ މަޖިލީހުގެ ކުރީިގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާއާ ގުޅިގެން އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
މި އަޑުއެހުމަކީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމެކެވެ.
ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ހެކިބަސް ދެއްވާފައިވަނީ މެޑިކަލް ރިޕޯޓް ތައްޔާރު ކުރެއްވި ޑޮކްޓަރު ނިޔާފްއެވެ.
މި އަޑުއެހުމުގައި ހެކިބަސް ދެއްވަމުން ޑރ ނިޔާފް ވިދާޅުވީ، އިމަރޖެންސީ ރޫމަށް ގެނެވުނުއިރުވެސް ނަޝީދުގެ ހަށިގަނޑުގައި ގިނަ އަދަދެއްގެ ލޭ ހުރި ކަމަށެވެ. ނަމަވެސް އޭރުވެސް ނަޝީދު ވާހަކަ ދެއްކެވިކަން ފާހަގަ ކުރައްވައި ޑރ ނިޔާފް ވިދާޅުވީ، ވަރަށް ތަދުވާކަމަށް ނަޝީދު ވިދާޅުވިކަމަށެވެ.
ޑރ ނިޔާފް ވަނީ ފަރުވާގެ ތެރެއިން ނަޝީދުގެ ހިތްވެސް ހުއްޓުނުކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން ނިޔާފް ވިދާޅުވީ، މައި ލޭހޮޅި ތެރޭގައި ރޭޒާފުށް އޮތް ކަމަށާއި، އެއީ ފުރާނައަށް ވަރަށް ނުރައްކާވި ކަމެއް ކަމަށެވެ. އަދި އެ ރޭޒާފުއް ނެގުމަށް މަސައްކަތް ކުރިއިރު ނަޝީދުގެ ވިންދު ވެސް ހުއްޓުނު ކަމަށް ވިދާޅުވިއެވެ.
އޭރު ވިންދު ހުއްޓުމުން ވަނީ ސީޕީއާރް ދީފައެވެ.
ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ވަނީ 16 ގަޑިއިރުގެ ދިގު އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފައެވެ. އައިއީޑީއެއް ގޮއްވާލުމުގެ ހާދިސާގައި ނަޝީދުގެ ހަށިކޮޅަށް 10 ރޭޒާ ފުއް ވަދެ ހަށިގަނޑުގެ މުހިއްމު ގުނަވަންތައް ފޫއަޅުވާލާފައިވެއެވެ.
އެ ދުވަހު ލިބުނު ޒަޚަމްތަކާ ގުޅިގެން ނަޝީދަށް ލިބިފައިވާ ޙަމަލާތަކާ ދިފާއުންވެސް ސުވާލު އުފައްދާފައެއް ނުވެއެވެ.

