ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ ސްޓާފް ޗެރިޓީ ރަން ބާއްވައިފި

ބީއެމްއެލް ސްޓާފް ޗެރިޓީ ރަން
ޝެއާރކޮށްލާ ކަހަލަދޯ؟

ބީއެމްއެލް ސްޓާފް ޗެރިޓީ ރަން ބާއްވައި ޑައިބެޓިކް ސޮސައިޓި އޮފް މޯލްޑިވްސް އަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފި އެވެ.

މިއަދު ހެނދުނު ހުޅުމާލޭގައި ބޭއްވި ޗެރިޓީ ރަން ނިންމާލުމަށްފަހު އެ ޖަމިއްޔާ އަށް ބޭންކުން ވަނީ 50،000 ރުފިޔާ ހަދިޔާ ކޮށްފަ އެވެ.

ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ޗެރިޓީ ރަން ގައި މި އަހަރު 300 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވިއެވެ. މީގެ ތެރޭގައި އަތޮޅުތެރޭގައި ބޭންކުން ގާއިމްކޮށްފައިވާ ބްރާންޗްތަކުގެ ބައެއް މުވައްޒަފުންވެސް ބައިވެރިވިއެވެ.

މުޖުތަމަޢުއަށް ފައިދާހުރި މަސައްކަތްތައްކުރާ ޖަމިއްޔާ ޖަމާޢަތްތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުންގެ ކްލަބުން އިސްނަގައިގެން ބާއްވާ ”ބީއެމްއެލް ސްޓާފް ޗެރިޓީ ރަން“ އަކީ 2017 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ހަރަކާތެކެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 17%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: