ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިސެންބަރުން ފެށިގެން އެއަޕޯޓް ޓެކުހާއި ފީގެ ރޭޓުތަކަށް ބަދަލު ގެންނަނީ

ޑިސެންބަރުން ފެށިގެން އެއަރޕޯޓް ޓެކުހާއި ފީގެ ރޭޓުތަކަށް ބަދަލު ގެންނަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކުހާއި ފީ ނެގުމާބެހޭ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ދަށުން 1 ޑިސެންބަރު 2024 އިން ފެށިގެން، ޑިޕާޗަރ ޓެކުހާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނަގަމުން އަންނަ ރޭޓުތަކަށް ބަދަލުއަންނާނެ ކަމަށް މީރާއިން ބުނެފިއެވެ.

1 ޑިސެންބަރު 2024 އިން ފެށިގެން، ދިވެހި އަދި ބިދޭސީ ފަސިންޖަރުންގެ އަތުން ޑިޕާޗަރ ޓެކްސް އަދި އެއަރޕޯޓް ޑިވޮލޮޕްމަންޓް ފީ ނަގަންޖެހޭ ރޭޓުތައް:

ޑިޕާރޗަރ ޓެކްސް އަދި އެއަރޕޯޓް ޑިވޮލޮޕްމަންޓް ފީ:-

އިކޮނޮމީ ކްލާސް

ދިވެހިންގެ އަތުން: 12 އެމެރިކާ ޑޮލަރު

ބިދެސީންގެ އަތުން: 50 އެމެރިކާ ޑޮލަރު

ބިޒްނަސް ކްލާސް

ދިވެހިން އަދި ބިދޭސީން އަތުން: 120 އެމެރިކާ ޑޮލަރު

ފަސްޓް ކްލާސް

ދިވެހިން އަދި ބިދޭސީން އަތުން:: 240 އެމެރިކާ ޑޮލަރު

ޕްރައިވެޓް ޖެޓް

ދިވެހިން އަދި ބިދޭސީން އަތުން: 480 އެމެރިކާ ޑޮލަރު

މި ބަދަލާއެކު އަންނަ މަހުގެ 1 ފެށިގެން ނުވަތަ އެ ތާރީޚުގެ ފަހުން ދަތުރުކުރުމަށްޓަކައި، ޑިސެމްބަރު 1 ގައި ނުވަތަ އެ ތާރީޚުގެ ފަހުން ޓިކެޓު ގަންނަ ނުވަތަ ފުރާ ދުވަސް ބަދަލުކުރާ ފަސިންޖަރުންގެ އަތުން ޑިޕާޗަރ ޓެކުހާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނަގަންޖެހެނީ އައު ރޭޓުގައި ކަމަށް މީރާއިން ވަނީ ބުނެފައެވެ.

މީރާއިން ބުނެފައިވަނީ އެއަރޕޯޓު ޑިވޮލޮޕްމަންޓްފީ އަކީ، ހަމައެކަނި ވެލާނާ އިންޓަރނޭޝަން އެއަރޕޯޓުން، ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގަންޖެހޭ ފީއެއް ކަމަށެވެ. މި ނޫން އެއަރޕޯޓަކުން ބޭރަށް ފުރާނަމަ ނަގަންޖެހޭނީ ޑިޕަރޗަރ ޓެކްސް އެކަންޏެވެ. އެއަރޕޯޓު ޓެކުހާއި ފީ ނެގުމުގެ ޤާނޫނަށް މި ބަދަލު ގެނެވުނަސް، އިކޮނޮމީ ކްލާހުގައި ދަތަރުކުރާ ދިވެހިން އަތުން ނަގަންޖެހޭނީ މިހާރުވެސް ނަގަމުން އަންނަ 12 (ބާރަ) އެމެރިކާ ޑޮލަރުކަމަށް މީރާއިން ހާމަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: