ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއިން ގާނޫނު އަސާސީއޭ ކިޔައިގެން އުޅެނީ ގައުމު ހަލަބޮލިކުރަން: ޝުޖާއު

ބާރަށު ދާއިރާގެ މެމްބަރ އިބްރާހީމް ޝުޖާޢު
ޝެއާރކޮށްލާ ކަހަލަދޯ؟
އެމްޑީޕީއިން ގާނޫނު އަސާސީއޭ ކިޔައިގެން އުޅެނީ ގައުމު ހަލަބޮލިކުރަންކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއެވެެ.

ޝުޖާއު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީއިން ގާނޫނު އަސާސީއޭ ކިޔައިގެން އުޅެނީ ޤައުމުހަލަބޮލި ކުރަންކަމަށާއި ކުރިން އުޅުނު ގޮތައް އަލިފާން ބޯޅަ އުކައި، މިރުސް ފެން ފުލުހުންގެ މޫނަށް ޖަހައި، ދައުލަތުގެ އިމާރާތްތަކުގަ ހުޅުޖެހި ޒަމާން އިޔާދަ ކުރަން މަސައްކަތް ކުރަން އުޅުނުކަމުގައިވީ ނަމަވެސް އެކަމެއް ނުވާނެ ކަމަށެވެ.

ޝުޖާއު ވިދާޅުވީ އެމްޑީޕިއިން މަގުމަތީގައި ކޯޓު ހަދައިގެން އުޅުނު ޒަމާން މާޒީވެ ގޮސްފިކަމަށެވެ. އަދި ގައުމަށް ބިލިއަން ޑޮލަރުގެ މަޝްރޫއުތައް އަންނަން ފެށި ވަގުތު މަގުމަތި ހަލަބޮލިކޮށް އެ ފުރުސަތުން ދިވެހީން މަހުރޫމު ކުރިގޮތައް ދެން އެކަމެއް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝުޖާއު މިހެން ވިދާޅުވީ، ގާނޫނު އަސާސީގެ ދިފާއުގައި އިދިކޮޅު އެމްޑީޕީން ޖަލްސާއެއް ބޭއްވުމަށް ހަމަޖައްސައިފައި ވުމުންނެވެ. އެމްޑީޕީން ބުނި ގޮތުގައި ”ޤާނޫނު އަސާސީގެ ދިފާއުގައި ރައްޔިތުން“ގެ ނަމުގައި ބާއްވާ މި ޖަލްސާ އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހު މާލޭ ކާނިވާ ސަރަހައްދުގައެވެ. އެމްޑީޕީން ބުނީ، މިއީ ގިނަ ބައެއްގެ ބުރަ މަސައްކަތުން ހޯދި ޤާނޫނު އަސާސީ އަށް އެއްވެސް ބެލުމެއް ނެތި ބަދަލުތައް ގެންނާތީ އެކަމާ ދެކޮޅަށް އަޑު އުފުލުމަށް ބާއްވާ ޖަލްސާއެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: