ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ތައްޔާރު، ފްރާންސްގެ ސަރުކާރު ހޫނުފެނަށް!

ފަރަންސޭސި ބޮޑުވަޒީރު ބާނިއޭ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ތައްޔާރުވުމާއިއެކު، ވެރިކަން ވެއްޓިއްޖެ ހާލަތުގައި ގައުމު ހަލަބޮލިވެގެންދިއުމުގެ ފުރުސަތު އޮތްކަމުގެ އިންޒާރުތައް ފަރަންސޭސިވިލާތުގެ ސަރުކާރުން ދީފިއެވެ.

ބައިނަލްއަގުވާމީ މިޑިއާތަކުން ރިޕޯޓުކުރާގޮތުން ފަރަންސޭސިވިލާތުގައި މިހާރު ގާއިމުވެ އޮތް އެ ގައުމުގެ މައިނޯރިޓީ ސަރުކާރު އޮތީ ފަހުނޭވާތަކުގެ މަތީގައިކަމަށް ފެނިގެންދެއެވެ. ސަބަބަކީ އެ ގައުމުގެ ގާނޫނުހަދާ ފަރާތްތަކުން އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ތައްޔާރުވަމުންދިއުންކަމަށްވާއިރު މި ފިޔަވަޅުން ރެކުމުގެ ގޮތުން ކެބިނެޓު މެމްބަރުންދަނީ ގައުމުގެ އެތެރޭގެ ހާލަތުގެ އިތުރުން ބައިނަލްއަގުވާމީ މަސްރަހަށްވެސް އެކަމުގެ ސަބަބުން ނޭދެވޭ އަސަރުތައް ކުރާނެކަމުގެ އިންޒާރުތައް ދެމުންނެވެ.

އެ ގައުމުގެ ރައީސް އިމެނުއެލް މެކްރޮން އާއި ގާތް ބޭފުޅެއްކަމަށްވާ ބޮޑުވަޒީރު މިޗެލް ބާނިއޭވެސް ވަނީ ސަރުކާރު ބަލިކަށި ހާލަތެއްގައި އޮތްކަން އެއްބަސްވެވަޑައިގެންފައެވެ. އަދި މި ހާލަތު މެދުވެރިވުމުގެ ސަބަބުތަކުގެ ތެރޭގައި ބަޖެޓު އެކުލަވާލުމަށް ކުރަމުންދާ މަސައްކަތްތައް ހިމެނޭކަމަށް އިޝާރާތްކުރެއްވިއެވެ.

ބާނިއޭ ވިދާޅުވެފައިވާގޮތުން މަޖިލީހުގެ ތެރޭގައި އެ ގައުމުގެ ލެފްޓިސްޓުނާއި ފާރ ރައިޓުގެ މެމްބަރުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އިތުބާރު ނެތްކަމަށް ފާސްވެއްޖެ ހާލަތެއްގައި ބޮޑު ކޮޅިގަނޑެއް ލައްވާލާނެއެވެ. އަދި މާލީ މާކެޓުގައިވެސް އެކަމުގެ ސަބަބުން ބޮޑެތި ލޮޅުންތަކެއް އައުން އެކަށީގެންވާކަމަށް ހިއްސާކުރެއްވިއެވެ.

ފޮރިން މިނިސްޓަރު ޖޯން ނޮއެލްވެސް ވަނީ އިންޒާރުތަކެއް ދެއްވާފައެވެ. އެގޮތުން ހަނގުރާމައިގެ ހާލަތް މެދުވެރިވުން އިންތިހާއަށް ގާތްވެފައިވާއިރާއި މުޅި ދުނިޔެމަތިންވެސް އެކި މައްސަލަތައް ފެންނަމުންދާއިރާއި ޗައިނާ އާއި އެމެރިކާއިން އެ ގައުމުގެ މައްޗަށް ކުރި ހޯދުމަށް އެދެމުންދާއިރު އެކަންކަން ހަގީގަތަކަށް ވެގެންދިއުމުގެ ފަހަތުގައި ތިބޭނީ ބާނިއޭގެ ވެރިކަން ވައްޓާލައި ބަޖެޓެއް އެކުލަވާލުމަށް ޖާގަ ނުދޭން ނިންމާ މީހުންކަމަށެވެ.

މި ހާލަތު މެދުވެރިވެފައިވަނިކޮށް ފަރަންސޭސި ސަރުކާރުންވަނީ އިސްރާއީލާއި ލުބުނާނު ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވުމެއް ގާއިމުކުރުމަށްޓަކައި އެމެރިކާ އާއި ގުޅިގެން މަސައްކަތްތަކެއް ކުރިއަށް ގެންގޮސް ކާމިޔާބުކޮށްފައިކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: