ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫކްރެއިންގެ މިލިއަނެއްހާ ގެދޮރުން ކަރަންޓު ކެނޑިއްޖެ

ބޮމެއް ހަރުކޮށްފައިވާ ރަޝިއާގެ އަސްކަރީ އުޅަނދެއް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރަޝިއާއިން ދިން ވަރުގަދަ މިސައިލު ހަމަލާއަކާއި ގުޅިގެން ޔޫކްރެއިންގެ މިލިއަނެއްހާ ގެދޮރުން ކަރަންޓު ކެނޑިއްޖެއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުން ރަޝިއާއިންވަނީ ޔޫކްރެއިންގެ ހަކަތަ އުފައްދާ ވަސީލަތްތަކަށް އަމާޒުކޮށް ވަރުގަދަ ހަމާލާއެއް ދީފައެވެ. އެގޮތުން 200 އަށްވުރެ ގިނަ މިސައިލާއި ޑްރޯން ބޭނުންކޮށްފައިވާއިރު މިލިއަނަށްވުރެ ގިނަ ގެއިން ކަރަންޓު ކެނޑިގެންގޮސްފައިވާކަމަށެވެ.

މިއީ ރަޝިއާއިން މިފަހުން ފެށި މަސައްކަތްތަކުގެ ތެރެއިން ވައިގެ މަގުން ދީފައިވާ ދެވަނައަށް އެންމެ ވަރުގަދަ ހަމަލާއެވެ. އަދި މިފަދަ ހަމަލާތައް ގާތްގާތުން ދެމުންދާކަން ފެންނަކަމަށްވުމުން ޔޫކްރެއިންގެ ހަކަތައިގެ ނިޒާމު އެއްކޮށް ސުންނާފަތިކޮށްލުމަށް ރަޝިއާއިން އަމާޒު ހިފާފައިވާކަމުގެ ކަންބޮޑުވުން އުފެދިފައިވާކަމަށް ރިޕޯޓުތަކުގައިވެއެވެ.

މީޑީއާތަކުން ބުނާގޮތުން ޔޫކްރެއިންގެ އެކި ސަރަހައްދުތަކުގައި ހުރި ހަކަތައް އުފައްދާ ނިޒާމުތަކަށް ހަމާލާތައް އަމާޒުވެފައިވެއެވެ. ޔޫކްރެއިންގެ އެނާޖީ މިނިސްޓަރު ފޭސްބުކްގައި އާންމުކުރެއްވިގޮތުން ކަރަންޓު ކެނޑިގެންދިއުމާއިއެކު ކުއްލި ހާލަތުގައި ކަރަންޓު ދިނުމަށް ގާއިމުކޮށްފައިވާ ނިޒާމުތަކުގެ ބޭނުން ހިފައިގެން ކަރަނޓު ދިނުމުގެ މަސައްކަތްތައް ކުރަމުންދާކަމަށެވެ.

މީގެ ކުރިންވެސް ރަޝިއާގެ ފަރާތުން ޔޫކްރެއިންގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާތައް އަމާޒުވެފައިވާއިރު މިއީ އެ ގައުމުގެ ރައްޔިތުންނަށް ކޮންމެހެން ބޭނުންތެރި ހޫނުކުރާ ނިޒާމުތަކާއި ފެން އުފައްދާ ނިޒާމުތައް ހުއްޓުވާލައި ފިނި މޫސުމުގައި ރައްޔިތުން ހާލުގައި ޖެއްސުމަށް ކުރަމުންދާ މަސައްކަތްތަކެއްކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުން މި ހަމަލާތަކުގެ ސަބަބުން ޔޫކްރެއިންގެ ދިފާއީ ގާބިލުކަންވެސް ވަނީ ބަލިކަށި ހާލަތަކަށް ގޮސްފައެވެ. އަދި އެ ގައުމުގެ ޑިފެންސް އިންޑަސްޓްރީއަކީ ޑްރޯން އާއި އާމާޑް ވެހިކަލްގެ އިތުރުން މިސައިލް އުފެއްދުމުގެ މަސައްކަތްތައްވެސް ކުރާ ސިނާއަތެއްކަމަށް އަލިއަޅުވާލާފައިވެއެވެ.

މި ހަމަލާތައް ދިނުމަށްޓަކައި ރަޝިއާއިން ބޭނުންކޮށްފައިވަނީ ކްލަސްޓާ އުސޫލުން ހަމަލާ ދިނުމުގެ ގާބިލުކަން ހުރި ކްރޫޒް މިސައިލްތަކެއްކަމަށް ޔޫކްރެއިންއިން މީޑިއާތަކަށް މައުލޫމާތު ދީފައިވެއެވެ. ޔޫކްރެއިންގެ ރައީސް ވޮލޮޑޮމިރް ޒެލެންސްކީ ވިދާޅުވީ، ރަޝިއާގެ ހަމަލާތަކުގެ ނުރައްކާތެރިކަން އިތުރުވަމުންދާކަމަށެވެ. އެ ގައުމުގެ މީޑިއާތަކުންވަނީ މިސައިލް ހަމަލާތަކުގެ ސަބަބުން އާންމުންގެ ވަސީލަތްތަކަށް ގެއްލުންތައް ލިބިފައިވާކަމަށް ރިޕޯޓުކޮށްފައެވެ،.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: