ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބެންކް އޮފް ޗައިނާގެ ކުރީގެ ޗެއަރަމަންގެ މައްޗަށް މަރުގެ ހުކުމް އިއްވައިފި!

ޗައިނާގެ ދިދަ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރަޕްޝަންގެ ތުހުމަތުގައި މަގާމުން ވަކި ކުރި ބެންކް އޮފް ޗައިނާގެ ކުރީގެ ޗެއރަމަންގެ މައްޗަށް މަރުގެ ހުކުމް އިއްވައިފިއެވެ.

ބައިނަލްއަގުވާމީ ނޫސްތަކުން ބުނާގޮތުން ބެންކް އޮފް ޗައިނާގެ ކުރީގެ ޗެއަރމަން ލިއުގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވަނީ ހުކުމް ތަންފީޒުކުރުމުގެ ކުރިން ދެ އަހަރުގެ މުއްދެއް ލިބިގެންދާ ގޮތަކަށެވެ. އަދި އޭނާގެ މައްޗަށް މި ހުކުމް އިއްވާފައިވަނި ކޮރަޕްޝަނާއި ގާނޫނުތަކާއި ހިލާފަށް ލޯނު ދޫކުރުމުގެ މައްސަލައިގައި ކުރެވުނު ތުހުމަތުތައް ސާބިތުވުމާއި ގުޅިގެންކަމަށެވެ.

ކޯޓުގެ ނިންމުން ބުނާގޮތުން ލިއުވަނީ 121 މިލިއަން ޔެންގެ ރިޝްވަތު ނަގާފައެވެ. އަދި މިކަމާއި ގުޅިގެން އޭނާގެ ހުރިހާ ސިޔާސީ ހައްގެއް ގެއްލިފައިވާއިރު އޭނާގެ ނަމުގައި ހުރި މުދަލެއްނަމަ ދައުލަތަށް ނެގުމަށް ނިންމާފައިވާކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ. ނޫސްތަކުން ބުނާގޮތުން އޭނާގެ ސަބަބުން ލިބިފައިވާ ގެއްލުންތައް އިޔާދަކުރުމަށްވެސް ހުކުމުގައިވާކަމަށެވެ.

ކޯޓުން ނިންމީ ލިއު އޭނާގެ މަގާމުގެ ނާޖާއިޒް ފައިދާ ނަގައިގެން ލޯނުތައް ދޫކުރުމާއި ޕްރޮޖެކްޓުތައް ހިންގުމަށް ފަހިކުރުމުގެ އިތުރުން ޒާތީކަންކަން ވެސް އިންތިޒާމުކުރިކަމަށެވެ. އަދި އެކަންކަން ކޮށްފައިވަނީ ރިޝްވަތު ނަގައިގެންކަމަށެވެ. މިގޮތުގެ މަތިން 3.32 ބިލިއަން ޔެން އާއި ގާތްކުރާ އަދަދެއްގެ ލޯނު ޝަރުތު ފުރިހަމަ ނުވާ އެކި ކުންފުނިތަކަށް ދޫކޮށްފައިވާކަމަށް ބުނާއިރު 190.7 މިލިއަން ޔެންގެ ގެއްލުންތައްވެސް ވެފައިވާކަމަށެވެ. ކޯޓުން ބުނާގޮތުން އޭނާއަކީ މިހާތަނަށް ޗައިނާގައި ކޮރަޕްޝަންގެ މައްސަލައިގައި ދައުވާ ސާބިތުވެފައިވާ ދެވަނަ ބެންކިންގް ދާއިރާގެ ޝަހުސިއްޔަތެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 17%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: