ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިން އިތުރުވާނެކަމަށް ސަރުކާރުން ބުނާއިރު، ބޭރުގެ ނޫސްތަކުން ފެންނަ މަންޒަރު ތަފާތު: އަހުމަދު ދީދީ

އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އަޙުމަދު ދީދީ/ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުވެގެންދާނެކަމަށް ސަރުކާރުން ބުނާއިރު ދުނިޔޭގެ ނޫސްތަކަށް ބެލުމުން ފެންނަނީ ގެއްލުންވެގެންދާ މަންޒަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މެންބަރު ދީދީ ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުން ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް އުންމީދުކުރާއިރު، ބައިނަލްއަޤްވާމީ މީޑިއާގައި ފެންނަމުންދަނީ މުޅިން އެހެން މަންޒަރެކެވެ. ޚާއްޞަކޮށް، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޚަރަދުތައް އިތުރުވަމުންދާކަމަށް ބައިނަލްއަޤްވާމީ ނޫސްތަކުން ރިޕޯޓުކުރަމުންދިއުމާ ގުޅިގެން އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އިންޑިއާގެ ލީޑަރޝިޕާ ދޭތެރޭ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ލިބުނު ގެއްލުންތަކާއި، ޗައިނާގެ ފަތުރުވެރިންގެ މައްޗަށް ބަރޯސާވުމުގެ ނޭދެވޭ އަސަރުތައް މެންބަރު ދީދީ ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، ޓެކްސްތަކާއި ފީތައް މަތިކުރުމުގެ ސަބަބުން ކުރިމަތިވެދާނެ ނޭދެވޭ ނަތީޖާތަކާ ދޭތެރޭވެސް އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ބައިނަލްއަޤްވާމީ މީޑިއާގެ ރިޕޯޓުތަކުން ދައްކާގޮތުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެ، ޚާއްޞަކޮށް މެދުފަންތީގެ މާކެޓުގައި ރާއްޖޭގެ ހިއްސާ ގެއްލެމުންދާކަން ފާހަގަކުރެވެއެވެ. މި ކަންކަމަށް ރިޢާޔަތްކޮށް، މެންބަރު ދީދީ ވަނީ ދުރުވިސްނުމާއެކު ވިސްނައި ފިކުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: