ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމާރާތެއް ކުއްޔަށް ނެގުމާއި ބެހޭގޮތުން ދައްކަނީ ދޮގު ވާހަކަތަކެއް: އެންސްޕާ

އެންސްޕާގެ ސީއީއޯ ހީނާ ވަލީދު: ފޮޓޯ/ ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެންސްޕާގެ ހިންގުމަށް އިމާރާތެއްގެ ބައެއް ފަންގިފިލާތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިނގާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކަކީ ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ކަމަށް އެ އެޖެންސީން ބުނެފިއެވެ.

އެންސްޕާއިން ޢާންމުކުރި ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި، މި މުޢާމަލާތްތައް ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓްރީ އޮފް ފިނޭންސްއާއެކު ކަނޑައެޅިފައިވާ ޤަވާޢިދުތަކާއި އުސޫލުތަކާ އެއްގޮތަށެވެ. އަދި މި މުޢާމަލާތުގައި އެހެން އެއްވެސް ފަރާތެއްގެ ބައިވެރިވުމެއް ނެތް ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، މި މަޢުލޫމާތުތަކަކީ މިނިސްޓްރީ އޮފް ފިނޭންސްގެ ޕޯޓަލްތަކުގައި ޢާންމުކޮށް ފެންނަން ހުރި މަޢުލޫމާތުތަކެއް ކަމަށްވެސް އެންސްޕާއިން ހާމަކޮށްފައިވެއެވެ. އަދި އެޖެންސީ ހިންގުމަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންގޮސްފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް ފާހަގަކޮށްފައިވެއެވެ.

އިޖްތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތްތައް ފޯރުކޮށްދޭ މުއައްސަސާތަކާއި އެތަންތަނުގެ މުވައްޒަފުންނާ ގުޅޭގޮތުން ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ފެތުރުމަކީ އެންސްޕާއިން ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމެކެވެ. އަދި މިފަދަ ޢަމަލުތަކާ ގުޅޭގޮތުން ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށްވެސް އެ އެޖެންސީން ބުނެފައިވެއެވެ.

އެންސްޕާގެ މުވައްޒަފުންނާ ގުޅޭގޮތުން ފެތުރެމުންދާ މަޢުލޫމާތުތަކާ ގުޅިގެން ތަޙްޤީޤެއް ހިންގައި، އޭގެ ތަފްޞީލުތައް ރައްޔިތުންނަށް ހާމަކޮށްދިނުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި އެދިފައިވާ ކަމަށްވެސް އެންސްޕާއިން ހާމަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: