ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަހުޒީބު ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށްޓަކައި އެންމެ މުހިންމުކަމަކީ، ޤައުމިއްޔަތު ނެގެހެއްޓުން: ނައިބްރައީސް

ނައިބްރައީސް ހުސައިން މުޙައްމަދު ލަތީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ މިނިވަންކަމާއި ތަހުޒީބު ދެމެހެއްޓުމަށް އެންމެ މުހިންމު ކަމަކީ ދިވެހި ޤައުމިއްޔަތު ނެގެހެއްޓުން ކަމުގައި ނައިބު ރައީސްު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ހޮނިހިރު ދުވަހު އިސްލާމީ ޔުނިވަރސިޓީގައި ބޭއްވި ”ކަޅުއޮށްފުންމި – ދިވެހި ޤައުމިއްޔަތުގެ ދަރުބާރު“ ގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. މި ދަރުބާރަކީ ދިވެހި ޤައުމިއްޔަތާއި އަމިއްލަވަންތަކަން ރައްކާތެރިކޮށް، އެކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް އެޅޭ ހަރުދަނާ އަދި އީޖާބީ ފިޔަވަޅެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް ވިދާޅުވީ، މި ދަރުބާރުގައި ދިވެހި ޤައުމިއްޔަތާއި އަމިއްލަވަންތަކަމާ ގުޅުންހުރި މުހިންމު ދާއިރާތަކުން މަޢުލޫމާތު ހުށަހެޅި، ޢިލްމީ މަޝްވަރާތަކެއް ކުރެވި، އައު އީޖާދީ ވިސްނުންތަކެއް ލިބިގެންދާނެކަމަށް ޔަޤީންކުރައްވާ ކަމުގައެވެ. އަދި ދިވެހީންނަކީ ނަސީބުވެރި ބައެއްކަން ފާހަގަކުރައްވައި، ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ދިވެހި ބަހުގެ ޗާލުކަމާއި، ޤައުމިއްޔަތުގެ ބަހާތައް ދުނިޔެއަށް ހާމަކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ބާރުއެޅުއްވީ ރާއްޖޭގެ އަމާންކަމާއި، ދިވެހީންގެ އެކުވެރިކަމާއި، ޚުލްޤު ހެޔޮކަން ރާއްޖެއަށް ޒިޔާރަތްކުރާ ކޮންމެ ފަތުރުވެރިއަކަށް ޢަމަލީގޮތުން ދެއްކުމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހީންގެ އަމިއްލަވަންތަކަމާއި ޤައުމިއްޔަތު ހިމާޔަތްކުރެއްވުމަށް ދެއްވާ ސަމާލުކަން ފާހަގަކުރައްވައި، ތަޢުލީމީ މަންހަޖުގައި ޤައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ހިމެނުއްވުމާއި، ދިވެހި ދިދައަށާއި ޤައުމީ ސަލާމަށް ދެއްވާ ޚާއްޞަ އިސްކަން ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް އެދިވަޑައިގަތީ ދިވެހި ޤައުމިއްޔަތުގެ ކޮލެޖް ޤާއިމުކުރައްވައި، ޤައުމިއްޔަތުގެ އިސްވަރު އުފައްދަވައި، ޤައުމީ ކަންކަން އެންމެ އުސްއަށް ނެންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް އެންމެހާ ދިވެހީން އެއްބާރުލުން ދެއްވުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: