ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންގެ ޒާތީ މައުލޫމާތު ހާމަނުކުރުމަށް ސޯޝަލް މިނިސްޓްރީން އެދިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިންގެ ކަރާމާތަށް އުނިކަމެއް ލިބިދާނެ އެއްވެސް ކަމެއް ވިޔަ ނުދިނުމަށްޓަކައި އެކުދިންގެ ޒާތީ މައުލޫމާތު ހާމަނުކުރުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީ އާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީ އާއި ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 33 ވަނަ މައްދާގައި ކުޑަ ކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަކަށް ކުޑަކުދިންގެ ޒާތީ މައުލޫމާތު އެއްވެސް މީހަކު އާއްމުނުކުރުމަށެވެ.

ކުށުގެ ތުހުމަތުގައިވާ ކުދިންނާއި، ކުށުގެ ޝިކާރައަކަށްވެފައިވާ ކުދިންނާއި އެނޫންވެސް ސަބަބަކަށްޓަކައި އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންގެ ނަމާއި، އެޑްރެހާއި، ތައުލީމު ހާސިލްކުރާ ތަނުގެ މައުލޫމާތުފަދަ ޒާތީ މައުލޫމާތެއް ނުވަތަ އެކުދިންގެ ތަސްވީރެއް، ނުވަތަ ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ  ފަދަ އެއްވެސް މައުލޫމާތެއް މީޑިއާގައި ނުވަތަ އެނޫންވެސް ވަސީލތެއްގައި ޝާއިއުކޮށްގެން ނުވާނެކަން ހަމަ އެ ގާނޫނުގެ 33 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.

ސޯޝަލް މީޑިއާގައި ދައުރުކުރާ ބައެއް ފޮޓޯތަކާއި ވީޑިއޯތަކެއްގެ ސަބަބުން، ސީދާ ގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް އެކުދިންނަކީ ކޮންބައެއްކަން އާންމުންގެ ތެރެއިން ބަޔަކަށް އެނގި، އެ ކުދިންނަށް ނަފްސާނި ގޮތުން އިތުރު ގެއްލުންތައް ލިބި ކުދިންގެ ކަރާމާތަށް އުނިކަން ލިބިގެންދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ސޯޝަލް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނެފައިވަނީ ކުދިންގެ ކަރާމާތަށް އުނިކަމެއް ލިބިދާނެ އެއްވެސް ކަމެއް ވިޔަ ނުދިނުމަށްޓަކައި އެފަދަ ފޮޓޯތައް މީޑިއާގައި ދައުރު ނުކުރުމަށެވެ. ކުއްޖަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ލިބޭކަން އެނގިވަޑައިގަންނަވާނަމަ ލަސްނުކޮށް މިނިސްޓްރީގެ ހެލްޕްލައިނ 1412 އަށް ގުޅުއްވުމަށް ވަނީ އިލްތިމާޒް ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: