ރައްޔިތުންނަށް ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ހިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަކީ ސްޓެލްކޯގެ އެންމެ ބޮޑު އަމާޒެވެ.
މީގެ ދެ ދުވަސް ކުރިން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސްއިން ފަހުމީ ސޯޝަލް މީޑީއާއަށް ދޫކޮށްލެއްވި ޕޯސްޓެއްގައި ވިދާޅުވީ ވ. ރަކީދޫގައި އިޔާދަ ކުރަނުވި ހަކަތައިން ކަރަންޓު އުފެއްދުމަށް ފެށި މަސައްކަތުގެ ނަތީޖާ ފެނި، ރަކީދޫގެ އިންޖީނު ހިންގަން ޖެހެނީ މިހާރު ދެ ގަޑިއިރަށް ކަމަށެވެ.
ފަހުމީ ވިދާޅުވި ގޮތުގައި، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާގެ އެންމެ އިސް ސަފުގައި ރަކީދޫ ހިމެނިފައިވެއެވެ. އަދި ސޯލާ ހަކަތައާއި ބެޓަރީގެ ބޭނުން ހިފާ ހައިބްރިޑް ނިޒާމެއްގެ ޒަރީޢާއިން މުޅި ރަށަށް ބޭނުންވާ ކަރަންޓު އުފެއްދުމުގެ މަސައްކަތް ފެށިފައިވާކަމަށް އޭނާ ހާމަކުރެއްވިއެވެ. މީގެ އިތުރުން، މިހާރު ކަރަންޓު އުފެއްދުމަށްޓަކައި ޖަނަރޭޓަރު ހިންގަންޖެހޭ ވަގުތު ދުވާލަކު ދެ ގަޑިއިރަށް ކުޑަކުރެވިފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
އޭގެ ފަހުން ނޫސްވެރިންނަށް ވެސް އެ ރަށުގެ މި ހިދުމަތް ބަލާލުމުގެ ފުރުސަތު ލިބުނެވެ. ވިއްސާރަ ކަނޑުގަދަ ދުވަހެއްގައި ދެ ގަޑިއިރަށް ވުރެ ގިނަ އިރުގެ ދަތުރަކަށް ފަހު ނޫސްވެރިންގެ ބޮޑު ޓީމަކާއި އެކު އައިސް ފޭބި ވ. ރަކީދޫއަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ) ގެ އެހީގެ ދަށުން އަވިން ހަކަތަ އުފައްދަން ހައިބްރިޑް މަޝްރޫއު ހިންގި ދެ ރަށުން އެއް ރަށެވެ. އަސްލު އާބާދީގައި 376 އެއްހާ މީހުން އުޅުނު މި ރަށުގެ އާބާދީ މިހާރު ވަނީ 60 އަށް ވެއްޓިފައެވެ. އެކަމަކު ކުރީގެ މަޝްރޫއު ފެއިލް ވާން ޖެހުނީ އެއްވެސް ހާލަތެއްގައި ރަށުގައި ދިރިއުޅޭ ރައްޔިތުންގެ އަދަދު ދަށްވަމުން ދާތީއެއް ނޫނެވެ.
2016 ވަނަ އަހަރުގެ ތެރޭގައި ރަކީދޫގައި އަވިން ހަކަތަ އުފައްދާ ހައިބްރިޑް ނިޒާމު ގާއިމުކޮށް އިފްތިތާހު ކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބޭއްވީ، އަމިއްލަ ކުންފުންޏަކާއި ހަވާލުކޮށެވެ. އެކަމަކު އެ މަޝްރޫއު ކާމިޔާބު ނުވީ އެނާޖީ މެނޭޖްމަންޓު ސިސްޓަމެއް ނެތުމުނެވެ.

ރަކީދޫގެ އިންޖީނުގޭގައި ހުންނަވައި މީޑިއާތަކަށް މައުލޫމާތު ދެއްވަމުން، ސްޓެލްކޯގެ ރިިނިއުބަލް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ނިޒާމު ވިދާޅުވި ގޮތުގައި އީއެމްއެސް ނެތުމުގެ ސަބަބުން ބެޓަރީތައް ހަލާކުވެ ވީރާނާވެ ޖެހުނީ އުކާލާށެވެ.
ރަށުގައި މިހާރު ކުރިޔަށް ދާ ޕްރޮޖެކްޓާއި ގުޅޭގޮތުން ނިޒާމް ވިދާޅުވީ ރަކީދޫގައި ކުރިޔަށް ދަނީ ސޯލާއާއި ބެޓަރީ ޖެނެރޭޓު ބޭނުންކޮށްގެން ކަރަންޓު ފޯރުކޮށްދިނުމުގެ ނިޒާމެއް ކަމަށެވެ. ރަށުގައި ތިން އިންޖީނު ހުރިއިރު، ނިޒާމު ވެސް ފާހަގަކުރެއްވި ގޮތަށް އިންޖީނުގެ އަޑެއް ތަނުގެ ތެރޭގައި ނެތެވެ.
ރަށުގައި މިހާރު ކުރިޔަށް ދާ ޕްރޮޖެކްޓާއި ގުޅޭގޮތުން ނިޒާމް ވިދާޅުވީ ރަކީދޫގައި ކުރިޔަށް ދަނީ ސޯލާއާއި ބެޓަރީ ޖެނެރޭޓު ބޭނުންކޮށްގެން ކަރަންޓު ފޯރުކޮށްދިނުމުގެ ނިޒާމެއް ކަމަށެވެ. ރަށުގައި ތިން އިންޖީނު ހުރިއިރު، ނިޒާމު ވެސް ފާހަގަކުރެއްވި ގޮތަށް އިންޖީނުގެ އަޑެއް ތަނުގެ ތެރޭގައި ނެތެވެ.

ނޫސްވެރިންނަށް ރަށަށް އާދެވުނު ދުވަހަކީ ކަން ދިމާ ކުރި ގޮތުން އުޑުމަތި ބަނަކޮށް އޮތް ވިއްސާރަ ދުވަހެކެވެ. އޭގެ ސަބަބުން އާންމުކޮށް ކަރަންޓު އުފައްދާ މިންވަރަކަށް ސޯލާއިން ކަރަންޓު ފޯރުކޮށްނުދެއެވެ. އެކަމަކު ތަނުގެ ތެރޭގައި ހުރި ކާޑަރ ސިސްޓަމުން ފެންނަ ގޮތުގައި، ކަރަންޓު ފޯރުކޮށްދެވިގެން ދަނީ ފުލީ އޮޓޮމޭޓްވެގެންނެވެ.
ރަށުގެ ޓޯޓަލް ޕްރޮޑަކްޝަނަކީ 238 ކިލޯވޮޓް އެވެ.
ހަވީރުގެ ގާތްގަނޑަކަށް 17:00 ހާއިރު ރަށަށް 38 ކިލޯވޮޓް ހުރިއިރު، ސޯލާއިން 20 ކިލޯވޮޓް އުފައްދައެވެ. އަދި އިތުރަށް ބޭނުންވާ 20 ކިލޯވޮޓް އުފައްދަނީ ބެޓަރީންނެވެ. އެއަށް ފަހު އިރުއޮއްސުމާއި އެކު ސޯލާއިން އުފައްދާ ކަރަންޓު ނިމިގެން ދިއުމުން، މުޅި ރަށަށް ބޭނުންވާ ސީދާ ކަރަންޓު ފޯރުކޮށްދޭނީ ބެޓަރިންނެވެ.
ބެޓަރިން ހުރިހާ ކަރަންޓެއް ރަށަށް ދޭނީ.. ދެން މިހާރު މީގެއިން ފެންނާނެ ބެޓަރީގެ ހާލަތު
ސިސްޓަމުން ފެންނަ ގޮތުން ބެޓަރީގެ އިންސައްތަ އެވަގުތު ހުރީ 86 އިންސައްތައިގަ އެވެ. އާންމު ގޮތެއްގައި ސޯލާއިން ރަށަށް ބޭނުންވާ ހުރިހާ ކަރަންޓެއް ވެސް ފޯރުކޮށްދެމުން ބެޓަރި ޗާޖުވާނެ އެވެ. އެހެންވެ އިރުއޮއްސި 06:00 ގައި 95 އިންސައްތަ އެއްކޮށް ޗާޖުވުމުން ރޭގަނޑު އެއްކޮށް ކަރަންޓު ހިފެހެއްޓޭނެ އެވެ.
ބެޓަރި ބޭނުން ކުރާ ވަރަކަށް، ޗާޖު ދަށްވަމުން ގޮސް 25 އިންސަތައަށް ދިއުމުން ދެން ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ބެޓަރީ ނިއްވާލައެވެ. އެ މަސައްކަތް ކުރަނީ އެނާޖީ މެނޭޖްމަންޓް ސިސްޓަމްގެ ދަށުންނެވެ. މިހާހިސާބުން ދެން އިންޖީނު ހިންގަން އޮޓޯއިން ސިގްނަލްއެއް ފޮނުވައެވެ.

އިންޖީނު ހިންގާފައި، އިންޖީނު ލޯޑަށް ލާނެ.. އޭރުން އާންމުންނަކަށް އޭގެއިން އެނގުމެއް ނުވާނެ.. ބެޓަރިން ޓްރާންސްފާކޮށްލަނީ ހަމަ ވަގުތުން އިންޖީނުގެ ލޯޑަށް
ބެޓަރި ބޭނުން ކުރާ ވަރަކަށް، ޗާޖު ދަށްވަމުން ގޮސް 25 އިންސަތައަށް ދިއުމުން ދެން ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ބެޓަރީ ނިއްވާލައެވެ. އެ މަސައްކަތް ކުރަނީ އެނާޖީ މެނޭޖްމަންޓް ސިސްޓަމްގެ ދަށުންނެވެ. މިހާހިސާބުން ދެން އިންޖީނު ހިންގަން އޮޓޯއިން ސިގްނަލްއެއް ފޮނުވައެވެ.
އިންޖީނު ހިންގާފައި، އިންޖީނު ލޯޑަށް ލާނެ.. އޭރުން އާންމުންނަކަށް އޭގެއިން އެނގުމެއް ނުވާނެ.. ބެޓަރިން ޓްރާންސްފާކޮށްލަނީ ހަމަ ވަގުތުން އިންޖީނުގެ ލޯޑަށް.. އެހެންވީމަ އެގޮތަށް އޮޕަރޭޓު ކުރެވިފައިވާ ސިސްޓަމެއް މި ސިސްޓަމަކީ
ސްޓެލްކޯގެ މިހާރުގެ އަމާޒަކީ ރަކީދޫއަކީ 100 އިންސައްތަ ރިނިއުބަލް ރަށަށް ހެދުމެވެ. ކުރިޔަށް އޮތް ދެ ހަފްތާގައި އާރުއޯ ޕްލާންޓުގައި ބެޓަރީތައް ބެހެއްޓުމާއި އެކު ދެން ދެ ގަޑިއިރަށް ވެސް އިންޖީނު ހިންގަން ނުޖެހޭނެ އެވެ.
މި މަސައްކަތް ކާމިޔާބު ކުރެވުމާއި އެކު ރަކީދޫ ވެގެން ދާނީ 100 އިންސައްތަ ރިނިއުބަލްކޮށް އޮޕަރޭޓު ކުރާ ރަށަކަށް ވާނީ ރަކީދޫ އެވެ.

އޭރު އޮޕަރޭޓު ކުރަމުން ދިޔައީ ޖަނަރޭޓަރާއި ސޯލާއި އެއްކޮށެވެ. ބެހެއްޓިއިރު މަދުވާ ކޮމްޕޯނަންޓަކީ އީއެމްސް އެވެ. ބެޓަރީތައް ޑީޕް ޑިސްޗާޖަކަށް ގޮސް އަހަރެއް ނުވެ އުކާލަން ޖެހުނުއިރު އެތަކެތި ބަހައްޓާފައި ހުރީ ވެސް ކޮންޓްރޯލް ރޫމްގަ އެވެ.
ބެޓަރިއާއި ސޯލާއާއި މި ހުރިހާ އެއްޗެއް ގާއިމު ކުރާއިރު އެންމެ މުހިންމު ބްރެއިން އެއީ.. އީއެމްއެސް، އެނާޖީ މެނޭޖްމަންޓް ސިސްޓަމް.. އެ ގައިމު ނުކުރެވުނު ސަބަބުން ކުރީގެ ދެ ޕްރޮޖެކްޓެއް އެ ދިޔައީ ފެއިލްވެގެން.. މިހާރު މި ރަށް މިއޮތީ 100 ޕަސަންޓަށް ޓާގެޓު ކުރެވިފައި.. ދެން ކުރިޔަށް މި އޮތީ މި މޭރުމުން ހަމަ މި ސެޓްއަޕް ގާއިމު ކުރުން.. ކުރިޔަށް އޮތް ހަފްތާއެއްގެ ތެރޭގައި ދިއްދޫއަށް އަޅުގަނޑުމެންގެ މުވައްޒަފުން އަރާނެ..
ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ކަރަންޓު އުފެއްދުމަށްޓަކައި، ދައުލަތުން ތެޔޮ އިމްޕޯޓުކުރުމަށް ބޮޑެތި މާލީ ޚަރަދުތަކެއް ކުރަމުން ގެންދެއެވެ. މިކަމުގެ ސަބަބުން ޤައުމުގެ މާލީ ހާލަތަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާއިރު، އައު ސަރުކާރުން ވަނީ ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، ރާއްޖެއިން ތެލަށް ބަރޯސާވާ މިންވަރު ދަށްކުރުން ހިމަނާފައެވެ.
މި މަގްސަދު ހާސިލުކުރެވޭނީ ރާއްޖޭގައި އިޔާދަކުރަނިވި އުސޫލުން ހަކަތަ އުފެއްދުމުގެ މަސައްކަތްތައް ފުޅާކުރުމުގެ ތެރެއިންނެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ 2028 ވަނަ އަހަރުގެ ނިޔަލަށް މި ދާއިރާއިން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހާސިލުކުރާނެކަމުގެ ޔަޤީންކަން ބައިނަލްއަޤްވާމީ މައިދާންތަކުގައިވެސް ދެއްވާފައެވެ.

ސޯލާ ސިޓީއެއް ތަރައްގީ ކުރުމަށް އަމަލީ މަސައްކަތްތައް ކުރެވެމުންދާއިރު، އެހެނިހެން ގޮތްގޮތުންވެސް ރާއްޖެ މި ދާއިރާއަށް އަމާޒުކުރުމަށްޓަކައި މަސައްކަތްތައް ކުރެވެމުންދާކަން، މި މަސައްކަތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ އެކި ފަރާތްތަކުން ފާހަގަކުރަމުން ގެންދެއެވެ.
ރަކީދޫގައި ހާސިލުކުރެވިފައިވާ ކާމިޔާބީތަކަކީ ދިވެހިރާއްޖޭގެ އެހެން ރަށްރަށުގައިވެސް މިފަދަ މަޝްރޫއުތައް ކާމިޔާބުކަމާއެކު ތަންފީޒު ކުރެވިދާނެކަމުގެ ހެއްކެކެވެ. މި ތަޖުރިބާއިން ލިބޭ މަޢުލޫމާތާއި ފިލާވަޅުތައް ބޭނުންކޮށްގެން، ޤައުމީ ފެންވަރުގައި އިޔާދަކުރަނިވި ހަކަތައިގެ ބޭނުންހިފުން އިތުރުކުރުމަށް މަގުފަހިވެގެންދާނެއެވެ. މިކަމުގެ ސަބަބުން، ދިވެހިރާއްޖެއަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށާއި، ތިމާވެށި ރައްކާތެރިކުރުމަށް އިތުރު ބާރެއް ލިބިގެންދާނެކަން ޔަގީނެވެ.

