ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެފްޑީސީން 13000 ހައުސިންގ ޔުނިޓުގެ މަޝްރޫއު ފަށަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަޙައްދުގައި 13,000 ހައުސިންގ ޔުނިޓު އިމާރާތްކުރުމުގެ ބިޔަ މަޝްރޫޢެއް ފެށުމަށް ފަހިދިރިއުޅުން ކޯޕްރޭޝަންއިން ނިންމާފިއެވެ.

އެފްޑީސީން އިތުރަށް ފާހަގަކޮށްފައިވަނީ، މި ތަރައްޤީގެ މަޝްރޫޢަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، އުޖާލާ އަދި ފާގަތި މުސްތަޤުބަލެއް ޤާއިމުކުރުމަށް އެ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތުގައި އެޅޭ އެންމެ މުހިންމު އެއް ފިޔަވަޅު ކަމުގައެވެ. މި މަޝްރޫޢު ތަންފީޒުކުރުމަށްޓަކައި، ބޭރުގެ ތިން ކުންފުންޏަކާއެކު ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާ ކަމަށާއި، އޭގެ ތެރެއިން 3,000 ޔުނިޓު އިމާރާތްކުރުމަށް ސްރީލަންކާގެ ކުންފުންޏަކާއެކު އެއްބަސްވެވިފައިވާ ކަމަށް އެފްޑީސީން ހާމަކޮށްފައިވެއެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ގޮތުގައި، 2025 ވަނަ އަހަރާ ހަމައަށް މާލެ ސަރަޙައްދާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 27,000 ހައުސިންގ ޔުނިޓު އިމާރާތްކުރުމަށް ވަނީ ރޭވިފައެވެ. މީގެ ތެރެއިން 15,000 ޔުނިޓު ބިނާކުރެވޭނީ މާލެ ސަރަޙައްދުގައި ކަމަށާއި، އަދި 12,940 ޔުނިޓު އިމާރާތްކުރެވޭނީ އެހެނިހެން ރަށްރަށުގައި ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ.

އެފްޑީސީން މިހާރުވެސް ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރޭގައި، އިންޑިއާގެ ދެ ކުންފުންޏަކާ ޙަވާލުކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 4,000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި 2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް 14.56 އިންސައްތަ ޚަރަދުކުރުމަށް ވަނީ ކަނޑައެޅިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: