ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤުރުއާން ހިތުދަސް ހާފިޒުން ސަރުކާރުން އުމްރާއަށް ފޮނުވަން ފަށައިފި

އަލްޙާފިޡާ ޝަބީނާ އާދަމް، އަސްވާޑް، ގއ. ދެއްވަދޫ
ޝެއާރކޮށްލާ ކަހަލަދޯ؟

ކީރިތި ގުރުއާން ހިތު ދަސްކޮށް އިމްތިހާނު ނިންމާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން އުމްރާގެ އަޅުކަން އަދާކުރުމަށް ފޮނުވާ ޕްރޮގްރާމްގެ ދަށުން، އިތުރު ހާފިޒަކަށް ފުރުސަތު ދީފި އެވެ.

ޕްރޮގްރާމްގެ ދަށުން މިހާތަނަށް ހަތަރު ހާފިޒުންނަށް ފުރުސަތު ދެވިފައިވާއިރު، ފަސް ވަނަ ފުރުސަތު ލިބިފައި ވަނީ އަލްޙާފިޡާ ޝަބީނާ އަބްދުﷲ، އަސްވާޑް/ގއ. ދެއްވަދޫ އަށެވެ.

އެގޮތުން ދެން ފުރުސަތު ލިބިފައި ވަނީ އަލްޙާފިޡް އަލީ ރައީފްއަށާއި، އަލްޙާފިޡް އާސިރު އާރިފް ޔޫސުފްގެ އިތުރުން އަލްޙާފިޡް އަޛިން މުޙައްމަދު އަދި އަލްޙާފިޡާ ސަޚިއްޔާ އަބްދުލްޢަނީ އަށެވެ.

ޤުރުއާން ހިތުދަސް ކުރާ ހާފިޒުން ޢުއުމްރާއަށް ފޮނުވުމުގެ ޕްރޮގްރާމް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިއުލާނު ކުރެއްވީ ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ނިންމުން ފާހަގަކުރެއްވުމަށް ޓަކައި ބޭއްވި ރަސްމިއްޔާތުގައައެވެ.

Image
އަލްޙާފިޡާ ޝަބީނާ އަބްދުﷲ، އަސްވާޑް، ގއ. ދެއްވަދޫ

ޤުރުއާން ހިތުދަސްކުރާ ހާފިޒުން ޢުމްރާއަށް ފޮނުވުމުގެ މަޝްރޫއު ފެއްޓެވުމަށް ޓަކައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ، ގުރުއާން ހިތުދަސް ކުރުމަ ވަރަށް މާތް ކަމެއްކަމަށާއި ޙިފްޒު ކުރާ ކުދީން ޢުމްރާއަށް ފޮނުވުމަކީ ހިތްވަރުދިނުމުގެ ގޮތުން ކުރައްވާ ކަމެއްކަމަށެވެ. އަދި އެކަމަށް ޚަރަދު ކުރާނީ އެކި ފަރާތްތަކުން ލިބޭ ދީލަތި އެހީތެރިކަމުގެ ތެރެއިންކަމަށް ފާހަގަކުރެއްވި އެވެ.

މިނިސްޓަރ ވިދާޅުވީ މި ފަދަ ކަންކަމުގައި މުޖުތުމަޢުގެ ވީހާވެސް ގިނަ ބަޔަކު ބައިވެރިވުން ދިވެހިރާއްޖޭގެ އިސްލާމީ ޝިޢާރުތައް ދެމެހެއްޓުމަށްޓަކައި އަދި ޤުރުއާން ހިތުދަސް ކުރާ ޖީލެެއް ބިނާ ކުރުމަށްޓަކައި ވަރަށް ބޭނުންތެރި އެހައިމެ މުހިންމު ކަމަށެވެ.

ކީރިތި ޤުރުއާން ހިތުދަސްކުރުމާއި، ޙާފިޒުންގެ އަދަދު އިތުރުކުރުމަކީ ރައީސް މުއިއްޒު ހާއްސަ އިސްކަމެއް ދެއްވަ އެވެ.

މީގެ އިތުރުން ކީރިތި ގުރުއާނުގެ ދާއިރާއަށް ހާއްސަ އިސްކަމެއް ދެއްވައިގެން، ކީރިތި ގުރުއާނާއި ބެހޭ މަރުކަޒަށް ޙާއްސަ އިމާރާތެއް އެޅުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: