ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއިން ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓުތައް ފެށި، ބަޖެޓު ނެތުމުން ކުރިއަށް ނުގެންދޭ: ޒަމީރު

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ބަޖެޓު ކޮމިޓީގައި ވާހަކަދައްކަވަނީ: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ނިމިދިޔަ ދައުރުގައި ބިލިއަން ޑޮލަރުގެ އަގުހުރި މަޝްރޫޢުތައް ފެށުމަށްޓަކައި ހޭދަކޮށް ކުރިއަށް ނުގެންދެވި ހުރިކަމަށާއި އެގޮތަށް އަމަލުކުރުމުން ދައުލަތަށް ބޮޑެތި ގެއްލުންތައް ލިބިގެންދާކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

2024 ވަނަ އަހަރުގެ ބަޖެޓުން ޕީއެސްއައިޕީއަށް ކުރި ހަރަދާއި ގުޅޭގޮތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، ބަޖެޓު ހުށައެޅިއިރު ޕީއެންސީގެ ސަރުކާރުން ހުށައެޅި އިސްލާހުތަކަކީ ބަދަލު ގެނައުމުގެ ފުރުސަތު އޮތްގޮތަށް ހުށައަޅާފައިވާ އިސްލާހުތަކެއް ކަމަށެވެ. ނަމަވެސް މައިގަނޑު ގޮތެއްގައި ސަރުކާރުން ހާސިލުކުރަން އެދޭ ލަނޑުދަނޑިތައް ކަނޑައެޅިފައިވާ އިމުގެ ތެރެއިން ހާސިލުކުރެވޭނެކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ޕީއެސްއައިޕީގެ ތަފްސީލުތައްވެސް އާންމުކުރަމުންދާނެކަމަށެވެ. ނަމަވެސް އެ މަސައްކަތްތައް ކުރާނީ މީގެ ކުރިން ދިމާވެގެންދިޔަފަދަ މައްސަލަތައް ދިމާނުވާނެ ގޮތެއްގެ މަތިންކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ބިލިއަން ރުފިޔާގެ ޕްރޮޖެކްޓުތައް ފެށުމަށްފަހު އެކަމަށް ބަޖެޓު ނެތިގެން ކުރިއަށް ނުގެންގޮސް ހުރިކަމަށެވެ. އަދި އެގޮތަށް ކަންކަން ކުރުމުން ކޮންޓްރެެކްޓު ހަވާލުކުރެވި މަސައްކަތްތަކަށް ފައިސާތަކެއްވެސް ހޭދަކުރެވި ކުރިއަށް ނެގެންދެވުމުގެ ސަބަބުން ދައުލަތަށް ލިބިގެންދާ ގެއްލުންތައް ބޮޑުވެގެންދާކަމަށެވެ. އެހެންކަމުން މި ސަރުކާރުން ޕްރޮޖެކްޓުތައް ހިންގުމުގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު އެންމެނަށްވެސް އެނގޭގޮތަށް އެ މަސައްކަތްތައް ކުރާނެކަމަށާއި ހިނގަމުންދާ އަހަރުގެ ޕީއެސްއައިޕީ މަސައްކަތްތަކުގެ މައުލޫމާތުތައް ފިނޭންސް މިނިސްޓްރީއިން އާންމުކުރާ ރިޕޯޓުތަކުގައި ހިމެނޭނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: