ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީ ކަށަވަރު ޕްރޮމޯގެ ދަށުން އޮޑިދޯނިފަހަރަށް ބޭނުންވާ ހުރިހާ ސާމަނަކަށް ޑިސްކައުންޓް!

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޓީސީސީ ކަށަވަރު ޕްރޮމޯގެ ދަށުން އޮޑިދޯނިފަހަރަށް ބޭނުންވާ ހުރިހާ ސާމަނަކަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

ސަންގު ޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމްގައި އެމްޓީސީސީން ބުނެފައިވަނީ ޔަންމަރ 50 ބެހިގެންދަނީ 2 ޕޯޝަނަކަށް ކަމަށެވެ. އެމްޓީސީސީން ބުނެފައިވަނީ ޔަންމާއަށް 50 އަހަރު ފުރުމުގެ ގޮތުން ހާއްސަ ޖަލްސާއެއް ބޭވުމަށް ނިންމާފައިވާ ކަމަށެވެ. މި ޖަލްސާގައި ޔަންމާގެ މަތީ ފަންތީގެ ބޭފުޅުންނާއި ރާއްޖޭގެ އެކި ކުންފުނިތަކުގެ ވެރިންވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

މި ޖަލްސާގެ އެންމެ ހާއްސަ ކަމަކީ ޔަންމާއަށްވީ 50 އަހަރުގެ ތެރޭގައި ޔަންމާއަށް ހިދުމަތްކޮށްދެއްވި ބޭފުޅުންނަށް ހާއްސަ އެވޯޑްތަކެއް ދިނުމަށް ނިންމާފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

މި ޖަލްސާގެ އިތުރަށް އޮޑިވެރިންގެ ފޯރަމެއް ދަރުބާރުގޭގައި ބޭއްވުމަށްވެސް ވަނީ ނިންމާފައިވެއެވެ. އޮޑިވެރިންގެ ފޯރަމަކީ މުސްތަގުބަލުގައި ޔަންމާގެ އެނާޖީ ސެކްޓަރ ނުވަތަ ޔަންމާގެ އެހެން ޕްރޮޑަކްޓްތަކުގެ މައުލޫމާތާއި އަދި ޔަންމާއިން ކުރިއަށް ގެންދާ ކަންކަމުގެ މައުލޫމާތު ލިބިގެންދާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެމްޓީސީސީން ކަށަވަރު ޕްރޮމޯއާއި ގުޅޭގޮތުން ބުނެފައިވަނީ މި ޕްރޮމޯ ކުރިއަށް ދާނީ 1 ޑިސެމްބަރުން ފެށިގެން 31 ޑިސެމްބަރުގެ ނިޔަލަށް ކަމަށެވެ. މި ޕްރޮމޯގައި ވިއްކާ ހުރިހާ ސާމާނެއްގައިވެސް ޑިސްކައުންޓުތައް ހުންނާނެ ކަމަށް ވަނީ ބުނެފައެވެ. އެގޮތުން ޔަންމާ އިންޖީނު ސުޒުކީގެ އެކި ސާމާނާއި ސެޕެއަރ ޕާޓްސްވެސް ލިބިގެންދާނެ ކަމަށް ވަނީ ބުނެފައެވެ.

މި ޕްރޮމޯގެ ދަށުން ކޮންމެ 5000 ރުފިޔާއަކުން މަތިން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ކޫޕަނެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. ކޫޕަން ބޭނުންކޮށްގެން ގުރުވަތުން ހޮވޭ ފަރާތްތަކަށް ސުޒުކީ އައުޓް ބޯޑް އިންޖީނެއް ލިބިގެންދާނެ ކަމަށް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: